Ads by Stelco

ޚަބަރު

ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް

ރަޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް

ރަޝިއާއަށް އައި ބިންހެލުން/ފޮޓޯ: ވަން އިންޑިއާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 ސެޕްޓެމްބަރު 2025، 04:25

13 ސެޕްޓެމްބަރު 2025، 04:25

ރަޝިއާއަށް މިއަދު ހެދުނު އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ހެނދުނު ރާއްޖެ ގަޑިން 07:37 ހާއިރު ރަޝިއާގެ އިރު އުތުރު  އައްސޭރީގައި އޮންނަ ކަމްޗަޓްކާ އަށް އައީ 7.2 މެގްނިޓިއުޑްގެ ބާރު ބިންހެލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ވެރި ރަށް މާލެއާ 9،421 ކިލޯމީޓަރު ދުރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާއަށް އައި މި ބިންހެލުމުގެ ސަބަބުން، ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް އަދި އެއްވެސް ހިސާބަކުން ދީފައިނުވެވާއިރު، ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން