Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ފްރާންސްގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ސިބަސްޓިއާން ލުކޮޣްނިއު/ފޮޓޯ: ނިއުސް އޭޒެޑް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ސެޕްޓެމްބަރު 2025، 07:05

11 ސެޕްޓެމްބަރު 2025، 07:05

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދަ ފްރެންޗް ރިޕަބްލިކްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ ސިބަސްޓިއާން ލުކޮޣްނިއު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، ބޮޑުވަޒީރު ލުކޮޣްނިއުއަކީ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ޔަޤީންކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، ދޭދޭ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެއްޤައުމުން އަނެއްޤައުމަށް ދެމުންދާ އެއްބާރުލުން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، ބޮޑުވަޒީރު ލުކޮޣްނިއުގެ މި ދައުރުގައި ވެސް ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން ދެމިއޮންނާނެކަން ޔަޤީންކުރައްވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ފްރާންސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން