ކުޅިވަރު / ޚަބަރު

ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން : ރައީސް މުޢިއްޒު

ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން : ރައީސް މުޢިއްޒު

ދިވެހި ޤައުމީ ޓީމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ސެޕްޓެމްބަރު 2025، 07:32

09 ސެޕްޓެމްބަރު 2025، 07:32

ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ޗެމްޕިއަންކަން ދިވެހިރާއްޖެއިން ހޯދައިފިއެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ޤައުމީ ޓީމަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވާފައެވެ.



ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގު 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި މިއަދު ހަވީރު ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ރާއްޖެއިން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގައި ކުޅުނު ދެ މެޗަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މުޙައްމަދު ޝިޔާޒް (މޯހަން) ހަވާލުވިފަހުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން