Ads by Stelco

ޚަބަރު

މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު އޮންނާނެ

މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު އޮންނާނެ

ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު އޮންނާނެ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ސެޕްޓެމްބަރު 2025، 11:29

07 ސެޕްޓެމްބަރު 2025، 11:29

ރާއްޖެއިން މިރޭ ފުރިހަމައަށް ހަނދުކޭތައެއް ފެންނާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވުމާ ގުޅިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު މިރޭ ހަމަޖައްސަވައިފިއެވެ. މިކަމަށްޓަކައި ކައުންސިލްތަކަށް ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 20:28 (ރޭގަނޑު 8:28) ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ 23:11 (ރޭގަނޑު 11:11) ގައި ކަމަށް ލަފާކުރެވެއެވެ. ހަނދުކޭތަ ވީއްލާނީ ރާއްޖެގަޑިން މެންދަމު އަލިވެ 01:55 (ފަތިހު 1:55) ހާއިރު ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

މި ހަނދުކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގަވާފައެވެ. ކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ 23:12 (ރޭގަނޑު 11:12) ގައެވެ.

މާލޭގައި ކޭތަ ނަމާދުކުރާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުޅުމާލޭގައި ނަމާދު ކުރާނީ މަސްޖިދުއް ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގައި ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފުރިހަމައަށް ފެންނާނެ ކަމަށް އިސްލާމީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. ދެން ރާއްޖެއަށް ފުރިހަމަ ހަނދުކޭތައެއް ފެންނާނީ 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން