Ads by Stelco

ޚަބަރު

ފްލެޓްތަކަށް މީހުން ވަންނައިރު އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެ : މަތީން

ފްލެޓްތަކަށް މީހުން ވަންނައިރު އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެ : މަތީން

ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ސެޕްޓެމްބަރު 2025، 11:17

07 ސެޕްޓެމްބަރު 2025، 11:17

ހުޅުމާލޭ ފޭސް 2 ގައި ފަހިދިރިއުޅުން ކޯޕަރޭޗަން (އެފްޑީސީ) އިން ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓަށް، މީހުން ވަޒަންވެރިވުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި، ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަތީން ވިދާޅުވި ގޮތުގައި 4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރުތަކުގައި މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިން މަސައްކަތްތަކެވެ. ފިނިޝިންގެ އެންމެ މުހިންމު އެއް ބަޔަކީ ފްލެޓްތަކަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީގެ ޚިދުމަތްތައް ގުޅާ ޓެސްޓްކުރުމުގެ މަސައްކަތެވެ.

ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި މަސައްކަތްތަކަކީ، ޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެވޭނެކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. ޓަވަރުތަކަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތްތައް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެފްޑީސީ ގުޅިގެން ބާރަށް ކުރިއަށްދާ ކަމަށާއި، މިގޮތުން ޓަވަރުތަކާ ވަކިވަކި އެޕާޓްމަންޓްތަކަށް ޚިދުމަތް ގުޅުމާއި، ކަނެކްޝަންތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ފްލެޓް ލިބުނު ފަރާތްތަކަށް ޚިދުމަތްތަކަށް ރަޖިސްޓްރީކުރުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވިއެވެ.

ސޮއިކުރުން ކުރިއަށްދާ ސަރަޙައްދުގައި އަޅުގަނޑުމެންގެ ޚާއްސަ ސްޓޯލެއް ވަނީ ޤާއިމުކޮށްފައި. ކަނެކްޝަން ގުޅުމަށް ފޯމު ހުށައެޅުމާއި ރަޖިސްޓްރީކުރުމާއި އެނޫންވެސް ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އަޅުގަނޑުމެން މުވައްޒަފުން ހަރަކާތްތެރިވާނެ. ބޭނުންވާ އެހީތެރިކަން ލިބޭނެ

މަތީން


މީގެ އިތުރުން، ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ފްލެޓްތަކަށް މީހުން ވަންނައިރުވެސް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެ ކަމުގެ ޔަޤީންކަން މަތީން ދެއްވިއެވެ. ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، އަލަށް ތަރައްޤީކުރި 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކެއްގެ މަސައްކަތްވެސް މިހާރު ވަނީ ހުޅުމާލޭގައި ފަށާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން