Ads by Stelco

ޚަބަރު

އައްޑޫގެ ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންދޭން އުޅުމުން، މިފަދަ އަމަލުތައް ހުއްޓާލުމަށް ފެނަކައިން އިލްތިމާސްކޮށްފި

އައްޑޫގެ ކަރަންޓު ކެނޑުނީ ކޭބަލަކަށް ގެއްލުންދޭން އުޅުމުން، މިފަދަ އަމަލުތައް ހުއްޓާލުމަށް ފެނަކައިން އިލްތިމާސްކޮށްފި

އައްޑޫސިޓީ ފެނަކަ ފޮޓޯ: ފެނަކަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

06 ސެޕްޓެމްބަރު 2025، 05:17

06 ސެޕްޓެމްބަރު 2025، 05:17

އައްޑޫ ސިޓީގެ ރަށްތަކުން ރޭ މެންދަމުގެ ވަގުތެއްގައި ކަރަންޓު ކެނޑުނީ މީހަކު ކޭބަލަކަށް ގެއްލުންދޭން އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ. މިފަދަ ހިތާމަވެރި އަމަލުތަކުން ދުރުހެލިވުމަށް ފެނަކައިން ވަނީ އާއްމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އައްޑޫގެ ރަށްތަކުން ރޭ ކަރަންޓު ކެނޑިފައިވަނީ މެންދަމު 2:40 ހާއިރުއެވެ. ފެނަކައިން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވަރ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުން ކަމަށެވެ.

އެ އިދާރާއިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުންފުނީގެ އެލާމް ސިސްޓަމަށް އެވަގުތު ނޮޓިފިކޭޝަން ލިބުމާއެކު، ކަރަންޓު ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. ފެނަކައިގެ މުވައްޒަފުން ވަނީ އެކަމުގެ ސަބަބު ދެނެގަނެ މައްސަލަ ހައްލުކޮށް، ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެއެވެ.

މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން، އާއްމު ރައްޔިތުންނަށް ތަކުލީފު ލިބޭނެ ކަމެއް ކަމަށް ފެނަކައިން ފާހަގަކުރެއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ،

މިފަދަ ޢަމަލުތަކަކީ، ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާއްމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ ޢަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ ޢަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނަޔަށް ނުރައްކާވެދާނެފަދަ ކަންކަން ކަމަށްވުމުން، މިފަދަ ޢަމަލުތައް ނުކުރުމަށް މިކުންފުނިން އިލްތިމާސްކުރަން

އައްޑޫ ސިޓީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ވެސް ފެނަކައިން ވަނީ ދީފައެވެ.



                    

Ads by MSS

މި ލިޔުން ކިޔާލުމުން