ދުނިޔެ

ނަތަންޔާހޫގެ ޢަމަލުތައް ބަލަހައްޓައިގެން ތިބެވޭކަށެއް ނެތް: އުރްދުޣާން

ނަތަންޔާހޫގެ ޢަމަލުތައް ބަލަހައްޓައިގެން ތިބެވޭކަށެއް ނެތް: އުރްދުޣާން

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2025، 10:44

04 ސެޕްޓެމްބަރު 2025، 10:44

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޢަމަލުތައް ބަލަހައްޓައިގެން ތިބެވެން ނެތްކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެެއްޖެއެވެ.

އަންކާރާގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އުރްދުޣާން ވިދާޅުވީ، "މިވަގުތު އަޅުގަނޑުމެންގެ ހިތުގެ އެއް ބައި މިތާ ވާނަމަ، އަނެއް ބައި ވަނީ ޣައްޒާއާއި، ފަލަސްތީނާއި، ޔަމަނާއި، ސޫދާނާއި އަދި އަފްޣާނިސްތާނުގައި، އިސްލާމީ އުންމަތުގެ ލޭއޮހޮރޭ ޒަޚަމްތައް ހުރި ތަންތާގައި" ކަމަށެވެ.

 މާޔޫސްވެ ގޮތްހުސްވެފައި ނުތިބޭނެ ކަމަށާއި އެ ސަރަހައްދުގައި މިހާ ބޮޑު އަނިޔާވެރިކަން ފެތުރި އިންސާފު ގެއްލިފައި އޮތް ނަމަވެސް، ޢަދުއްވުން އެމީހުންގެ މައްޗަށް ވެރިވިޔަ ނުދޭނެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 63,746 މީހުން ޝަހީދުވެ، 161,245 މީހުންނަށް ޒަޚަމްވެފައިވެއެވެ. މީގެ ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން ހާސްތަކެއް މީހުން ގެއްލި، އެތައްބައެއް ހިޖުރަކޮށްފައިވެއެވެ. އަދި ކާބޯތަކެތީގެ ތަދުމަޑުކަމުގެ ސަބަބުން 367 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 131 ކުޑަކުދިން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން