Ads by Stelco

ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ "ކޮލަމާ" ބޯޓު ފެނިއްޖެ،ކެޕްޓަނަށް ފަރުވާދެނީ

ގެއްލިގެން ހޯދަމުން ދިޔަ "ކޮލަމާ" ބޯޓު ފެނިއްޖެ،ކެޕްޓަނަށް ފަރުވާދެނީ

ކޮލަމާ ބޯޓު ފޮޓޯ: އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ސެޕްޓެމްބަރު 2025، 04:42

01 ސެޕްޓެމްބަރު 2025، 04:42

ގެއްލިގެން ހޯދަމުން ދިޔަ "ކޮލަމާ" ބޯޓު ފެނިފައިވާކަމަށާއި، އެ ބޯޓުގެ ކެޕްޓަނަށް ފަރުވާދިނުމަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެއިން ފުރައިގެން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި "ކޮލަމާ" ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ބޯޓު ގެއްލިގެން ރިޕޯޓްކުރުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ކޮލަމާ ބޯޓު ފެނިފައިވަނީ ގއ. އެކެފަރަ ސަރަހައްދުންކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ބޯޓުގެ ކެޕްޓަން ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިއުމަށް ދަތުރުކުރަމުންދާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ނަމަވެސް ބޯޓު ގެއްލުނީ ކީއްވެގެންކަަމާއި، ބޯޓުގެ ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަނުކުރައްވައެވެ. މި ހާދިސާ އާއި ގުޅިގެން އިތުރު މައުލޫމާތު ފުލުހުން ފަހުން ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން