ދުނިޔެ

އިސްރާއިލަށް ފިޔަވަޅު އަޅައި ހަނގުރާމަ ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންއިން ގޮވާލައިފި

އިސްރާއިލަށް ފިޔަވަޅު އަޅައި ހަނގުރާމަ ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންއިން ގޮވާލައިފި

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ކޮމިޝަނަރު ކައިއާ ކަލާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޯގަސްޓު 2025، 03:59

30 އޯގަސްޓު 2025، 03:59

އިސްރާއިލަށް ފިޔަވަޅު އެޅުމަށާއި ހަނގުރާމަ ހުއްޓުވުމަށާއި ފަލަސްޠީނުގެ ބިންތަކުގައި އިސްރާއިލްގެ ޔަހޫދީން އާބާދުވުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންއިން ގޮވާލައިފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ކޮމިޝަނަރު، ކައިއާ ކަލާސް މިއަދު ބުނެފައިވަނީ، ޔޫރަޕިއަން ޔޫނިއަންގެ ތެރޭގައި އެއްބަސްވުމެއް ނެތުމުގެ ސަބަބުން އިސްރާއިލަށް ފިޔަވަޅު އެޅުމާމެދު އުންމީދެއް ނެތްކަމަށެވެ. އަދި މިފަދަ ފިޔަވަޅެއް އެޅުމަކީ ޣައްޒާގެ އިންސާނީ ހާލަތައް މާބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ނޫންކަމަށެވެ. 

ޔޫރަޕުގެ ގިނަ ލީޑަރުން ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށާއި، ފަލަސްތީނަށް ދޭ ފައިސާގެ އެހީ އަލުން ފެށުމަށާއި، އަދި ހިފާފައިވާ ހުޅަނގުއައްސޭރީގައި މީހުން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް އިސްރާއިލަށް ގޮވާލައިފައެވެ. ފްރާންސްގެ ޚާރިޖީ ވަޒީރު ޖީން-ނޮއެލް ބާރޯ ވަނީ މި ތިން ކަމަށް އަމަލުކުރުމަށް ގޮވާލައި، މިކަންކަމަށް އަމަލުނުކޮށްފިނަމަ ޔޫރަޕިއަން ޔޫނިއަނުން ސަރުކާރު އަދި ލީޑަރުންގެ ފެންވަރުގައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއެލް އަލްބަރެސް ވަނީ އެ ޤައުމުން ޔޫރަޕިއަން ޔޫނިއަނަށް ހުށަހަޅާފައިވާ އެކްޝަން ޕްލޭނެއްގައި ހަތިޔާރު އެކްސްޕޯޓް ކުރުން މަނާކުރުމާއި އިޒްރޭލަށް އަޅާ ފިޔަވަޅުތައް އިތުރުކުރުން ހިމެނޭ ކަމަށް ހާމަކުރައްވާފައެވެ. އަދި އިސްރާއިލާއެކު ޔޫރަޕިއަން ޔޫނިއަނުން ވެފައިވާ އެއްބަސްވުން މުޅިން ހުއްޓާލުމަށްވެސް ގޮވާލައްވާފައިވެއެވެ.

އިސްރާއިލުން 2023 އޮކްޓޯބަރު 7 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި ހިންގަމުންދާ ޖަމާޢީ މަރުގެ ޢަމަލުތަކުގެ ސަބަބުން މިހާތަނަށް 63,025 ފަލަސްތީނުން ޝަހީދުވެ، 159,490 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން 9,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ކާބޯތަކެތީގެ ތަދުމަޑުކަމުގެ ސަބަބުން 322 ފަލަސްތީނުން، އޭގެ ތެރެއިން 121 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން