Ads by Stelco

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ، މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމުން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީ، މުޙައްމަދު ޢުމަރު މަނިކު އަވަހާރަވުމުން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލް މަރުޙޫމް މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ. މަނިކު)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2025، 01:11

30 އޯގަސްޓު 2025، 01:11

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލް މަރުޙޫމް މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ. މަނިކު) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށް ގިނަގުނަ ކުރިއެރުންތައް ގެނެސްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު  އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ.އަދި ނައިބު ރައީސް ވިދާޅުވީ، މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ. މީގެ އިތުރުން، މާތްﷲ މަރުޙޫމްގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ނައިބު ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

އެމް.ޔޫ. މަނިކު އަވަހާރަވީ، ސިއްޙީ ޙާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށް، ސިންގަޕޫރުގައި ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 78 އަހަރުފުޅެވެ. އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގައެވެ.



މުޙައްމަދު ޢުމަރު މަނިކު، ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 5 ޖޫން 1971 ގައެވެ. އަދި ރާއްޖޭގައި 1972 ވަނަ އަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމުގައި ކުރީސަފުގައި މަސައްކަތްކުރެއްވި އެއް ބާނީއަކީވެސް އެމަނިކުފާނެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ތަރައްޤީއަށް އެތައް ފިޔަވަޅުތަކެއް ކުރިއަށް އެޅިގެން ގޮސްފައިވެއެވެ.
 


 

Ads by MSS

މި ލިޔުން ކިޔާލުމުން