Ads by Farudhun

ކެބިނެޓަށް ބޮޑު ބަދަލެއް

ކެބިނެޓަށް ބޮޑު ބަދަލެއް

ކެބިނެޓްގެ ބައްދަލުވުމެއް

ޙަސްނާ އަޙްމަދް
ޙަސްނާ އަޙްމަދް 14 އޭޕްރީލު 2026، 02:32

ކެބިނެޓްގެ ގިނަ ޢަދަދެއްގެ ވަޒީރުންތަކެއް މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. 

އަޕްޑޭޓްތައް 11
11 ލިޔުން
2 ހަފްތާ ކުރިން

ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިސްތިޢުފާ ދެއްވައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް އެމަޤާމުން އިސްތިޢުފާ ދެއްވައިފި

ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ ޤަބޫލުފުޅުކުރައްވައިފަ
10 ލިޔުން
2 ހަފްތާ ކުރިން

ވަޒީރު އިބްރާހީމް ހަލީލް އިސްތިޢުފާ ދެއްވި ޚަބަރަކީ ތެދު ޚަބަރެއް ނޫން

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހީމް ހަލީލް އިސްތިއުފާ ދެއްވިކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއް
9 ލިޔުން
2 ހަފްތާ ކުރިން

ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިސްތިއުފާ ދެއްވައިފި

ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ. މިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ.
ސަރުކާރުން މިހާރު ދަނީ ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެެކްޓަރުންނާއި، ވުޒާރާތަކުގެ ވަޒީރުންގެ މަޤާމުތަކަށް ބަދަލުތަކެއް ގެންނަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.
8 ލިޔުން
2 ހަފްތާ ކުރިން

ޒުވާނުންގެ ވަޒީރު އަސްވާޑް މަޤާމުން އިސްތިއުފާ ދެއްވައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު (އަސްވާޑު) މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އަސްވާޑު އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދެއްވި ނަމަވެސް އިތުރު ތަފްސީލެއް ރައީސް އޮފީހުން ދެއްވައިފައެއް ނުވެއެވެ.
7 ލިޔުން
2 ހަފްތާ ކުރިން

ސިޓީ ތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މަޤާމުން އިސްތިއުފާ ދެއްވައިފި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އާދަމް ޝަރީފް އިސްތިއުފާ ދެއްވި ކަން ކަށަވަރުކޮށްދިން ކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ދެއްވައިފައެއްނުވެއެވެ.
6 ލިޔުން
2 ހަފްތާ ކުރިން

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ މާރިޔާ މަޤާމުން އިސްތިއުފާ ދެއްވައިފި

ދަނޑުވެރިކަމާ ދިރޭ ތަކެއްޗާއި ބެހޭ ވަޒީރު ޑރ މަރިޔަމް މާރިޔާ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ވަޒީރު މާރިޔާ އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މިއަދު ކެބިނެޓްގެ ގިނަ ޢަދަދެއްގެ މެމްބަރުން މަޤާމުން އިސްތިއުފާ ދެއްވަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ
5 ލިޔުން
2 ހަފްތާ ކުރިން

ޞިއްޙަތާ ބެހޭ ވަޒީރު ނާޡިމް އިސްތިއުފާ ދެއްވައިފި

ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވައިފައި ނުވާއިރު އެމަނިކުފާނު އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވައިފައިވެއެވެ.
4 ލިޔުން
2 ހަފްތާ ކުރިން

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިޙާމް މަޤާމުން ވަކިކުރައްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިޙާމް މަޤާމުން ވަކިކުރައްވައިފިއެވެ. އެކަމަނާ މަޤާމުން ވަކިކުރެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވައިފައި ވާއިރު އެކަމުގެ ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ.
3 ލިޔުން
2 ހަފްތާ ކުރިން

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަހްމަދު އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އިސްތިއުފާ ދެއްވައިފިއެވެ.
2 ލިޔުން
2 ހަފްތާ ކުރިން

ދިފާޢީ ވަޒީރު ޣައްސާން މަޤާމުން އިސްތިއުފާ ދެއްވައިފި

ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޣައްސާން މައުމޫން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައިފައި ވީނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވައިފައެއް ނުވެއެވެ.
1 ލިޔުން
2 ހަފްތާ ކުރިން

ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޙަލީލް މަޤާމުން ވަކިކުރައްވައިފި

ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ ޢަބްދުﷲ ޙަލީލް މަޤާމުން ވަކިކުރައްވައިފިއެވެ. ޑރ. ޙަލީލް މަޤާމުން ވަކިކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް، ސަރުކާރުން މި ބަދަލު ގެނައި ސީދާ ސަބަބެއް އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.