މިހާތަނަށް ބަންދުކޮށްފައި ވަނީ ޖުމްލަ 8 ފޮށީގެ ތެރެއިން 512 ފޮށި : އީސީ
އީސީން މައުލޫމާތު ދޭގޮތުގައި މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ފެންނަ/ނުފެންނަ ވޯޓު ހަވީރު 5:00 ހަމައަށް ނިމިފައިވާއިރު، މިހާތަނަށް ބަންދުކޮށްފައި ވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށި ކަމަށް.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓު ފޮށި ބަންދުކުރުުމުގެ މަސައްކަތުގެ ތެރެއިން
އިންތިހާބާ ގުޅިގެން އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، 2026 އެޕްރީލު 6 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އިތުރުން ފެންނަ/ނުފެންނަ ވޯޓާ ގުޅިގެން، ކުރިއަށް އޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިޚާބުގެ އެކިއެކި މުހިންމު މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އޮފިޝަލުން ހަރަކާތްތެރިވަމުންދާތީ
މި ނިންމެވުން ނިންމަވާފައިވަނީ އިންތިޚާބާ ގުޅޭ އިދާރީ މަސައްކަތްތައް ނިންމުމަށާއި، އިންތިޚާބުގެ ކަންކަމުގައި އުޅޭ މުވައްޒަފުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ ދެ ދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގަތުމާ ގުޅިގެން
ވޯޓުލުން ނިމި އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި
މިއަދު ކުރިއަށް ގެންދިޔަ ތިން އިންތިޚާބުގެ ވޯޓުލުން ނިންމައި ވޯޓު ގުނަން ފަށައިފިއެވެ. މިއަދު ކުރިއަށްދިޔައީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެވެ.
އިންތިޚާބާއި ގުޅިގެން އައި ޝަކުވާތަކުގެ ތެރެއިން އެންމެ ގިނަ ޝަކުވާ އައި އިދާރީ ކަންބޮޑުވުންތަކާ ގުޅިގެން: އީސީ
އިންތިޚާބާއި ގުޅިގެން އައި ޝަކުވާތަކުގެ ތެރެއިން އެންމެ ގިނަ ޝަކުވާ އައިސްފައިވަނީ އިދާރީ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެެވެ.
5:30 - 6:30 އާއި ދެމެދު ވޯޓުތައް ގުނަން ފެށޭނެ
5 ޖަހާއިރު ބަންދުކުރެވޭ ފޮށިތައް 5:30 - 6:30 އާއި ދެމެދު ގުނަން ފެށޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ
70% މީހުން ވޯޓު ލާނެ ކަމަށް ލަފާކުރެވޭ
70% މީހުން ވޯޓު ލާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ
ވަގުތު ހަމަވުމާއެކު ވޯޓު ކިޔުތައް ބަންދު ކޮށްފި
ވޯޓުލުމަށް އިތުރުކުރި ވަގުތު ހަމަވުމާއެކު ވޯޓު ކިޔުތައް ބަންދުކޮށްފިއެވެ. އެންމެފަހުގެ އަދާހަމަތަކުން ދައްކާ ގޮތުން މޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ 60 އިންސައްތައަށްވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ.
62% އަށްވުރެ ގިނަ މީހުން ވޯޓުލައިފި
މިހާރު ކުރިއަށްދާ އިންތިޚާބުގައި ހަވީރު 4 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި
އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުން
މިއަދުގެ 16:00 އާއި ހަމައަށް 185709 މީހުން ވޯޓުލައިފި
މިއަދުގެ 16:00 އާއި ހަމައަށް 185709 މީހުން ވޯޓުލައިފިއެވެ. މިޢަދަދަށް މީހުން ވޯޓުލައިފައިވާއިރު 17:00 އާއި ހަމައަށް ވޯޓުލުމުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ.
ވޯޓުލުމުގެ ވަގުތު 17:00 އާއި ހަމައަށް އިތުރުކޮށްފި
ވޯޓުލުމުގެ ވަގުތު 17:00 އާއި ހަމައަށް އިތުރުކޮށްފި
ހަވީރު 4 ޖަހާއިރު ވޯޓުފޮށިތަކުގެ ކިޔޫތައް ބަންދުވާނެ!
މިހާރު ކުރިއަށްދާ އިންތިޚާބުގައި ވޯޓުފޮޮށިތަކުގެ ކިޔޫ ހަވީރު 4:00 ޖަހާއިރު ބަންދުވާނެ
ވޯޓު ލުމުގެ ވަގުތު އިތުރުކުރުމުގެ ވިސްނުމެއް ނެތް: އީސީ
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވޭ
މިއަދު ކުރިއަށްދާ ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެ
ޒާހިދު ވިދާޅުވީ މެންދުރު 13:00 ޖެހުމާ ހަމައަށް %44 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް
14:00 އާ ހަމައަށް 131947 މީހުން ވޯޓު ލައިފައިވޭ
މިއަދުގެ 14:00 އާ ހަމައަށް 131947 މީހުން ވޯޓު ލައިފައިވޭ
12 ޖެހުމާއި ހަމައަށް 62083 މީހުން ވޯޓު ލާފައިވޭ
މިއަދުގެ 12 ޖެހުމާއި ހަމައަށް 62083 މީހުން ވޯޓު ލައިފި: އީސީ
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވޯޓު ލައްވައިފި
މިއަދު ކުރިއަށްދާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވޯޓުލައްވައިފިއެވެ.
އެމަނިކުފާނު ވޯޓުލެއްވީ، ލ. ފޮނަދޫގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަށެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.
11 ޖެހުމާއި ހަމައަށް 58819 މީހުން ވޯޓު ލާފއިވޭ
މިއަދުގެ 11 ޖެހުމާއި ހަމައަށް 58819 މީހުން ވޯޓު ލައިފި: އީސީ
ފަސްޓް ލޭޑީ ސާޖިދާ ވޯޓު ލައްވައިފި
ރައީސް މުޢިއްޒު ވޯޓު ލައްވައިފި
މިއަދުގެ 10 ޖެހުމާއި ހަމައަށް 41،162 މީހުން ވޯޓު ލައިފި
މިއަދު ކުރިއަށްދާ ތިން އިންތިޚާބުގައި މިއަދުގެ 10 ޖެހުމާއި ހަމައަށް 42 މީހުން ވޯޓު ލައިފިއެވެ. މި 41،162 މީހުންގެ ތެރޭގައި ހިމެނެނީ 16،166 އަންހެނުންނާއި، 24،996 ފިރިހެނުން ނެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އަދިވެސް 253،714 މީހުން ވޯޓު ނުލާ އެބަތިއްބެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 86 އިންސައްތަ އެވެ.