ދުނިޔެ

ޗައިނާގައި ހަދަމުން ދިޔަ ބުރިޖެއް ވެއްޓި، 12 މީހުން މަރު

ޗައިނާގައި ހަދަމުން ދިޔަ ބުރިޖެއް ވެއްޓި، 12 މީހުން މަރު

ޗައިނާގައި ވެއްޓުނު ބުރިޖު.

farudhun logo

ފަރުދުން

24 އޯގަސްޓު 2025، 11:14

24 އޯގަސްޓު 2025، 11:14

ޗައިނާގައި ހަދަމުން ދިޔަ ބުރިޖެއް ވެއްޓި، 12 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ މީޑިޔާ ތަކުން ރިޕޯޓުކޮށްފިއެވެ. މަރުވި މީހުންގެ އިތުރުން، 4 މީހުން ގެއްލިފައިވާ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ. މިޙާދިޘާ ހިނގާފައިވަނީ ހިނގަމުން މިދާ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ.

ޗައިނާގެ ޒިންހާއި ޕްރޮވިންސުގެ "ޔެލޯ ރިވަރ" ކޯރުގައި އަޅަމުން ދިޔަ ބުރިޖުގެ، މެދުގައިވާ ބައެއް ނެތަތީވެ ފޮޓޯ ތަކުން ފެނެއެވެ. އަދި ބުރިޖުގެ ތަންގަނޑެއް އެލިފައިވާ ތަން ވެސް ފޮޓޯ ތަކުން ފެނެއެވެ.

ޙާދިޘާ ހިނގި ވަޤުތު ބުރިޖުގައި ތިބީ 16 މަސައްކަތްތެރީންނެވެ. އޮގަސްޓު 22 ވަނަ ދުވަހު ދަންވަރު 3 ޖަހާކަށް ހައި އިރު ބުރިޖު ވެއްޓިފައިވަނީ ސްޓީލު ކޭބަލެއް ބިނދުމުގެ ސަބަބުން ކަމަށް މީޑިޔާ ތަކުން ބުނެއެވެ.

ޒިންހާއި ގައި މިޙާދިޘާ ހިނގުމާއެކު، ސަލާމަތީ ބާރުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަޤުތުން ވަނީ ފަށާފައެވެ. މިކަމުގައި ހެލިކޮޕްޓަރާއި، ބޯޓާއި، ރޮބޮޓުތައް ވެސް ބޭނުންކުރަމުން އާދެއެވެ.

ޗައިނާގެ ޒިންހާއި ގައި އަޅަމުން ދިޔަ މިބުރިޖުގެ ދިގުމިނުގައި 1.6 ކިލޯމީޓަރު ހުންނަ އިރު، ކޯރުގެ ސަތަޙައިން 55 މީޓަރުގެ އުސްމިނަކަށް އުފުލިފައި ވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން