ދުނިޔެ

ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ބަނޑުހައިހޫނުކަން އިންތިހާއަށް އިތުރުވެއްޖެ: ބައިނަލްއަޤްވާމީ ނޫސްތައް

ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ބަނޑުހައިހޫނުކަން އިންތިހާއަށް އިތުރުވެއްޖެ: ބައިނަލްއަޤްވާމީ ނޫސްތައް

ކާބޯތަކެތި ބަހާ ތަނަކަށް ގޮސް އެނބުރި އަންނަ ބައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޯގަސްޓު 2025، 06:27

23 އޯގަސްޓު 2025، 06:27

އދ. އިން ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު އިޢުލާނުކުރުމާ ގުޅިގެން، ބައިނަލްއަޤްވާމީ ނޫސްތަކުން އެކަމުގެ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައި އާޓިކަލްތައް ލިޔެ ޝާއިއުކުރަން ފަށައިފިއެވެ.

ބްރިޓިޝް ނޫސް ކަމަށްވާ ގާޑިއަން އިން ފާހަގަކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން ކާބޯތަކެތި ވެއްދުމަށް އިސްރާއީލުން އަޅާފައިވާ ހުރަސްތައް ލުއިކުރުމަށް އިތުރު ބާރުތަކެއް ފޯރުވޭނެއެވެ.

ޣައްޒާގެ އެން.ޖީ.އޯ ނެޓްވޯކްގެ ޑިރެކްޓަރު އަމްޖަދު އައްޝަވާ ވިދާޅުވެފައިވަނީ މިއީ ޣައްޒާގެ ތާރީޚުގައި އެންމެ ގޯސް ހާލަތު ކަމަށެވެ. އަދި ގާޑިއަނަށް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ވަނީ ބަނޑުހައިހޫނުކަމާއި ވަރުބަލިކަމުގެ ތެރޭގައެވެ. އަދި ނުރައްކާތެރި ނަތީޖާތަކުން ސަލާމަތްވުމަށްޓަކައި ކާބޯތަކެތި ފޯރުކޮށްދިނުމަކީ ވަރަށް އަވަސް މުހިންމުކަމެކެވެ.

އިސްރާއީލީ ނޫސް ހާރެޓްޒް އިން ހަދާފައިވާ ތަޙްޤީޤަކުން ދައްކާގޮތުގައި "ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ބަނޑުހައިހޫނުކަން ފެތުރި، ހާލަތު ވަނީ ކާރިސާއަކަށް ވެފައެވެ." ނާސަރް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ އެމެރިކާގެ އެނެސްތީސިއޮލޮޖިސްޓް ޑރ. ޓްރެވިސް މިލިން ވިދާޅުވެފައިވަނީ ބަލިމީހުންގެ ހަށިގަނޑުން ނިކަމެތިކަން ވަރަށް ބޮޑަށް ފެންނަން ހުރި ކަމަށެވެ.

ވޮޝިންގްޓަން ޕޯސްޓުން ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާތަކުގައި ޣައްޒާގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ ކެއުމުގެ ނުބައިކަމުގެ ސަބަބުން ބަލިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށްފައެވެ. 

ޣައްޒާގެ އަލް-ޤުދުސް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި އޮސްޓްރޭލިއާގެ އިމަޖެންސީ ނަރުހެއް ކަމަށްވާ ކާސްޓީ ބްލާކާ ވިދާޅުވެފައިވަނީ ބަނޑުހައިހޫނުކަމުގެ ސަބަބުން ވަރަށް ހީނަރުވެފައިވާ ފިރިހެނުން ހޮސްޕިޓަލަށް އަންނަކަމަށެވެ.

ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެހީ ޖަމްޢިއްޔާތަކުގައި ޣައްޒާގެ އާބާދީއަށް މަދުވެގެން 3 މަސްދުވަހަށް ފުދޭވަރަށް ކާބޯތަކެތި ހުރި ނަމަވެސް، އިސްރާއީލުން އަޅާ ހުރަސްތަކުގެ ސަބަބުން އެ ތަކެތި ބެހުމަށް ދަތިތަކާ ކުރިމަތިވެއެވެ. އަދި އެހީގެ މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އަވަހަށް އަދި ރައްކާތެރި ގޮތެއްގައި އެހީ ފޯރުކޮށް ނުދެވިއްޖެނަމަ، ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ގިނަ ބަޔަކު މަރުވެދާނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން