ދުނިޔެ

އަލް-ޒައިތޫން ސަރަޙައްދުގައި ހަމަލާތަކެއްދީ 20 މީހުން ޝަހީދުކޮށްލައިފި

އަލް-ޒައިތޫން ސަރަޙައްދުގައި ހަމަލާތަކެއްދީ 20 މީހުން ޝަހީދުކޮށްލައިފި

ޝަހީދުންގެ ހަށިތައް އެއްކޮށްފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޯގަސްޓު 2025، 07:11

21 އޯގަސްޓު 2025، 07:11

ޣައްޒާގެ އަލް-ޒައިތޫން ސަރަޙައްދުގައި އިސްރާއިލްގެ ސިފައިން ހިންގަމުންދާ ހަނގުރާމަވެރި ހަރަކާތްތަކުގެ ތެރޭގައި 20 ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ބަނޑުހައިކަމުގައި ކާބޯތަކެތި ހޯދަން ނުކުމެ  ތިބި މީހުންވެސް ހިމެނެއެވެ.

ވޭތުވެދިޔަ ގަޑިތަކުގެ ތެރޭގައި ބަނޑުހައި ހޫނު ކަމުގައި އިތުރު 3 މީހުން ޝަހީދުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިހާތަނަށް ބަނޑުހައިހޫނު ކަމުގައި ތިބެ ޝަހީދުވި މީހުންގެ އަދަދު 269 އަށް އަރާފައިވާ ކަމަށާއި، މީގެ ތެރޭގައި 112 ކުޑަކުދިން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މިއަދު ޝަހީދުވި މީހުންގެ ތެރޭގައި އެހީއަށް އެދި މަޑުކޮށްގެން ތިބި 8 މީހުން ހިމެނެއެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވަނީ، ޣައްޒާގެ ޢާއިލާތައް ބަނޑުހައިހޫނު ކަމުގެ ޝިކާރައިގައި ޖެހި ގިނަ ބަޔަކު ޝަހީދުވަމުންދާ ކަމަށެވެ. އަދި ޣައްޒާގައި ކާބޯތަކެތީގެ ޙާލަތު ކުއްލި ނުރައްކަލުގެ ހާލަތަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، މިއީ "މަޑުމަޑުން ފަނާވަމުންދާ" ޙާލަތެއް ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އިސްރާއިލްގެ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާއިރު، ޚާން ޔޫނިސްގެ އުތުރު ހިސާބުގައި ޑްރޯން ހަމަލާއަކުން 5 ދަނޑުވެރިން ޝަހީދުވެފައިވާ ކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ބުނެފައިވެއެވެ. މީގެއިތުރުން، އަލް-ޝާޠިއު ކޭމްޕްގައި ހުރި ސްކޫލެއްގެ ކުރިމަތީގައި ތިބި ބަޔަކަށް އިސްރާއިލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 62,192 އަށް އަރާފައިވާ ކަމަށާއި، 157,114 މީހުންނަށް އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އިސްރާއިލް ސިފައިން މިހާރު ޣައްޒާ ސިޓީގެ ބައެއް ސަރަޙައްދުތަކަށް ވަދެ، އިތުރު ހަމަލާތަކެއް ދޭން ރާވަމުންދާ ކަމަށް އިސްރާއިލް ސިފައިންގެ ފަރާތުން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން