ދުނިޔެ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 300 އަށް

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 300 އަށް

ފޮޓޯ: ބީ.ބީ.ސީ. ނިޔުސް

farudhun logo

ފަރުދުން

16 އޯގަސްޓު 2025، 02:53

16 އޯގަސްޓު 2025، 02:53

ބޯކޮށް ވިއްސާރަވެހުމުގެ ސަބަބުން ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން، ޕާކިސްތާނާއި، ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ. މިކަމުގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 307 އަކަށް އަރާފައެވެ. މަރުވެފައިވާ ގިނަ މީހުން މަރުވެފައިވަނީ ޕާކިސްތާކުގެ ހުޅަނގުއުތުރުގައި ހުންނަ ޚައިބަރް ޕަޚްތޫންޚްވާ ސަރަޙައްދުގައެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަޙައްދުތަކުން 9 މީހުން ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ހުޅަނގުއުތުރަށް ވެހޭ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުން، ޢާންމުން ދިރިއުޅޭ 74 ގެއަކަށް ގެއްލުން ލިބިފައިވެއެވެ. ޕާކިސްތާނު ރައްޔިތުންނަށް ސަލާމަތީ އެހީތެރިކަން ފޯރުކޮށްދިނުމައި ދިޔަ އެމް-17 ހެލިކޮޕްޓަރު އެކްސިޑެންޓު ވެ، އޭގައި ތިބި 5 ކުރޫ މެމްބަރުން އެކަށް ވަނީ ނިޔާވެފައެވެ. ޕާކިސްތާނުގެ އޮފިށަލުން ހާމަކޮށްފައިވާ ގޮތުގައި، އެހެލިކޮޕްޓަރު އެކްސިޑެންޓު ވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވަމުން ދާ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވިއްސާރަ ވެހެމުން ދާނޭ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރެއިން އެތައް ސަރަޙައްދެއް މިހާރު ވެސް ވަނީ "ޑިޒާސްޓަރ ޒޯނު"ގެ ގޮތުގައި ކަނޑައަޅާފައެވެ.

ޕާކިސްތާނުގެ ޚައިބަރް ޕަޚްތޫންޚްވާ ގައި ހިނގި ޙާދިޘާތައް ދުށް މީހަކު ކަމުގައިވާ ޢަޒީޒުﷲ ބުނިގޮތުގައި، އޭނާއަށް މިކަމުން ޤިޔާމަތް ދުވަސް ޞިފަވެގެން ދިޔައެވެ.

"އަހަރެންނަށް ބާރު އަޑެއް އިވުނު. ފަރުބަދަ ކަނޑައިގެން ދިޔަ ހެން ހީވީ. އަވަހަށް ބޭރަށް ނުކުމެ ބަލައިލި އިރު މުޅި ސަރަޙައްދު ގުޑައި ހެލެނީ. ދުނިޔެ ޤިޔާމަތްވާން އުޅޭހެން. ފެންގަނޑުގެ ބާރުގެ ސަބަބުން، ބިންގަނޑު ދިޔައީ ގުޑުގުޑު އަޅަމުން. ހީވީ މަރު އަހަންނާ ދިމާއަށް ކަޅިއެއް އެއްލި ހެން." ޢަޒީޒުﷲ ބުންޏެވެ.

ކަޝްމީރުގައި އިންޑިޔާގެ ބާރުގައިވާ ސަރަޙައްދުތަކުގައި ވެސް މޫސުން ގޯސްވުމުގެ ސަބަބުން، އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މިގޮތުން، އިއްޔެ ހިމާލަޔާގެ އަވަށެއްގައި ފެންބޮޑުވުމުގެ ސަބަބުން 60 މީހުން މަރުވެފައިވާ އިރު، އެމީހުންގެ ހަށިގަނޑުތައް ޗަކަގަނޑު ތެރެއިން ވަނީ ނެރެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން