ސައިންސް / ދުނިޔެ

ޖަޕާނުން އިންސާނުން ދޮވެލާ މެޝިނެއް ތަޢާރަފުކޮށްފި: 15 މިނިޓް ތެރޭގައި ދޮވެ ހިއްކާލާ!

ޖަޕާނުން އިންސާނުން ދޮވެލާ މެޝިނެއް ތަޢާރަފުކޮށްފި: 15 މިނިޓް ތެރޭގައި ދޮވެ ހިއްކާލާ!

އިންސާނުން ދޮވެލާ މެޝިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޯގަސްޓު 2025، 06:40

15 އޯގަސްޓު 2025، 06:40

އީޖާދުތަކުގެ ބިމެއްގެ ގޮތުގައި މަޝްހޫރު ޖަޕާނުން، މުޅިން އާ ކޮންސެޕްޓެއްގެ މަތިން އުފައްދާފައިވާ "މިރާއި ނިންގެން ސެންޓަކުކު" ނަމަކަށް ކިޔާ، އިންސާނުން ދޮންނަ ފިއުޗަރިސްޓިކް މެޝިނެއް ތަޢާރަފުކޮށްފިއެވެ. އޭއައި ބޭނުންކޮށްގެން ހިންގާ މި މެޝިނަށް 15 މިނިޓް ތެރޭގައި މީހުން ދޮވެ، ހިއްކާލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސައިންސް ކޯޕަރޭޝަން  އިން އީޖާދުކޮށްފައިވާ މި މެޝިނަކީ، އެޑްވާންސްޑް ވޯޓަރ ޖެޓްސްއާއި މައިކްރޮސްކޮޕިކް އެއަރ ބަބްލްސް ބޭނުންކޮށްގެން، ސްޕާ އެކްސްޕީރިއަންސްއަކާ އެއްގޮތަށް ހަށިގަނޑު ސާފުކޮށްލެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. ޖަޕާނުގެ ނޫހެއް ކަމަށްވާ އަސާހި ޝިންބުން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މެޝިނުގެ އޭއައި ސިސްޓަމްއިން ފެންވަރުވާ މީހާގެ ހަމުގެ ވައްތަރާއި ހަށިގަނޑުގެ މިންގަނޑުތަކަށް ބަލައިގެން، ދޮވެވެން ބޭނުންވާ ގޮތް ނުވަތަ ސައިކަލް ކަސްޓަމައިޒް ކޮށްދޭނެއެވެ. އަދި މި ސައިކަލް ހިނގާ ވަގުތު، ހިތްފަސޭހަ މަންޒަރުތައް ދައްކައިދިނުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ.

މި މެޝިން މަސައްކަތް ކުރާނެ ގޮތް

މި މެޝިނު ބޭނުންކުރުމަށްޓަކައި، ބޭރާއި އެތެރެ ފެންނަ ގޮޅިއެއް ނުވަތަ ޕޮޑެއްގެ ތެރެއަށް ވަންނަންޖެހެއެވެ. ދެން މި ޕޮޑުގެ ބަޔެއް ފެނުން ފުރާލައެވެ. އޭގެ ފަހުން، ވަރަށް ބާރު ސްޕީޑްގައި މަސައްކަތްކުރާ ވޯޓަރ ޖެޓްސްއިން މައިކްރޮސްކޮޕިކް ބަބްލްތައް ދޫކުރާނެއެވެ. މި ބަބްލްތައް ހަށިގަނޑުގައި ޖެހުމާއެކު ފަޅައިގެން ގޮސް، ހަށިގަނޑުގައި ހުންނަ ކިލާ އަދި ހަޑި ނެތިކޮށްލާނެއެވެ. މި މެޝިނުގައި ހަރުކުރެވިފައިވާ އޭއައި ޓެކްނޮލޮޖީއިން ފެންވަރުވާ މީހާގެ ނޭވާލާ މިންގަނޑު  ބަލައި، އެ މީހަކަށް އެންމެ ހިތްފަސޭހަވާ ގޮތަށް ފެނުގެ ހޫނުމިނާއި ޕްރެޝަރ ބަދަލުކޮށްދޭނެއެވެ. ހަމައެހެންމެ، މެންޓަލް ވެލްބީއިންގއަށްވެސް މި މެޝިނުގައި ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. މި މެޝިނުގައި ހަރުކުރެވިފައިވާ ސިސްޓަމްއިން ފެންވަރުވާ މީހާގެ ނަފްސާނީ ހާލަތު ދެނެގަނެ، ޕޮޑުގެ އެތެރެއަށް ހިތްހަމަޖެހުން ގެނެސްދޭނެ މަންޒަރުތައް ދައްކައިދޭނެއެވެ.

ބާޒާރަށް ނެރެނީ ކޮން އިރަކު؟

މި މެޝިނު ތަޢާރަފުކުރުމުގެ ފަހަތުގައި 1970ގެ އަހަރުތަކުގައި ސަންޔޯ އިލެކްޓްރިކްއިން ހުށަހެޅި މިފަދަ ކޮންސެޕްޓަކުން އިންސްޕަޔަރވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަދަ މަޝްރޫޢެއް ޒަމާނީ ގޮތެއްގައި ދައްކާލާން ހަމަޖެހިފައިވަނީ އޮސާކާ އެކްސްޕޯ 2025ގައެވެ. މި އެކްސްޕޯގައި 1,000 މީހުންނަށް މި މެޝިނު ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. މި ތަޖުރިބާގެ ފަހުން، މި މެޝިނު ބޮޑެތި އަދަދުތަކުން އުފައްދަން ފަށާނެ ކަމަށް ބެލެވެއެވެ. މިއާއެކު، އަމިއްލަ ސާފުތާހިރުކަމާއި ހިތްހަމަޖެހުމުގެ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. މި ކުންފުނިން ވަނީ މި މެޝިނުގެ ގޭގެއަށް ޚާއްސަ އެޑިޝަނެއްވެސް ނެރެން ރާވާފައެވެ.

މިކުންފުނިން މިހާރުވެސް އޮޓޮމޭޓެޑް ބާތުޓަބްއަށް އޮންލައިންކޮށް ރިޒަވޭޝަން ހުޅުވާލާފައިވެއެވެ.މިދިޔަ އަހަރު ބޭއްވުނު ލެކްޗަރެއްގައި ކުންފުނީގެ ޗެއަރމަން، ޔާސުއާކީ އޮއޯޔާމާ ވިދާޅުވެފައިވަނީ، "އަޅުގަނޑުމެން މިހާރު 70 އިންސައްތަ މަސައްކަތް ނިންމައިފިން. އެކްސްޕޯގެ ތެރެއިން 1,000 އާންމު ފަރާތްތަކަށް މި މެޝިނު ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް އަޅުގަނޑުމެން ރާވަމު." މިފަދައިން ވިދާޅުވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން