ދުނިޔެ
ނަތަންޔާހޫގެ މަޤްސަދަކީ މެދުއިރުމަތީގެ ޗާޓު އަލުން ކުރެހުން: އިބްރާހިމް އަލް މަދްހޫން

ބެންޖަމިން ނަތަންޔާހޫ
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަޤްސަދަކީ މެދުއިރުމަތީގެ ޗާޓު އަލުން ކުރެހުން ކަމަށް އައިޑިއޮލޮޖިކަލް ޝަހުސިއްޔަތެއް ކަމަށްވާ، ސިޔާސީ ދިރާސާވެރިޔާ އިބްރާހިމް އަލް-މަދްހޫން ވިދާޅުވެއްޖެއެވެ.
އިބްރާހިމް އަލް މަދްހޫން ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަކީ އާދައިގެ ސިޔާސީ ލީޑަރެއް ނޫންކަމަށާއި، އޭނާއަކީ ފަލަސްތީނުގެ ސަރަހައްދުން ބޭރަށް ފުޅާވުމުގެ މަޝްރޫއަށް ދީނުގެ ބޭނުން ހިފާ މީހެއްކަމަށެވެ.
އަލް-މަދްހޫން ވިދާޅުވި ގޮތުގައި، ނަތަންޔާހޫ މަސައްކަތް ކުރަމުންދަނީ އިސްރާއީލް މެދުއިރުމަތީގެ ބާރުވެރި ޤައުމަކަށް ހެދުމަށެވެ. މިކަމުގައި އޭނާގެ މައިގަނޑު މަޤްސަދަކީ ސަރަޙައްދުގެ ޗާޓު އަލުން ކުރެހުމާއި، ޒިއޯނިސްޓް ތާރީޙުގައި "މަތިވެރި ލީޑަރުން"ގެ ތެރޭގައި އޭނާގެ ނަން ލިޔުން ކަމަށެވެ.
އަލް-މަދްހޫން އިތުރަށް ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ބަސްތަކަކީ ޚާއްޞަކޮށް މިސްރަށް ދެވޭ އިންޒާރެއްކަމަށެވެ. ޣައްޒާ އަދި އެތަނުގެ މުޤާވަމާއަކީ މިސްރުގެ ޤައުމީ ސަލާމަތުގެ ފުރަތަމަ ދިފާއީ ރޮނގެވެ. އަދި އިސްރާއީލަށް ހަނގުރާމައިގައި ކާމިޔާބު ނުލިބިއްޖެނަމަ، ޗައިނާއަށް ފުޅާވެދާނެކަމުގެ ބިރު އެބައޮތެވެ.
އަދި ނަތަންޔާހޫ "ތާރީޚީ" އަދި "ރޫހާނީ" ފަދަ ބަސްތައް ބޭނުންކުރަނީ އިސްރާއީލުގެ ރައްޔިތުން ވުޖޫދީ ހަނގުރާމައަކަށް ތައްޔާރުކުރުމަށާއި، ޢަރަބި ޤައުމުތަކުގެ ބިންތަކުން އައު ސަރަޙައްދުތައް ކަނޑައެޅުމަށް މަސައްކަތްކުރާކަން ދޭހަކޮށްދިނުމަށް ކަމަށް އަލް-މަދްހޫން ފާހަގަކުރެއްވިއެވެ.
އިސްރާއީލްގެ އައި24 ނިއުސްއާ ދެއްކެވި ވާހަކައިގައި ނަތަންޔާހޫ ބުނެފައިވަނީ، އޭނާ ކުރިއަށްގެންދަނީ "ތާރީޚީ އަދި ރޫހާނީ މިޝަނެއް" ކަމަށެވެ. އަދި އޭނާގެ ދައުރަކީ އޭނާގެ ބައްޕަގެ ޖީލުން ފެށި ދައުލަތް ޤާއިމްކުރުމުގެ މަސައްކަތް ފުރިހަމަކޮށް، އެ ދަޢުލަތް ދެމެހެއްޓުން ކަމަށެވެ.