ދުނިޔެ

އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަލަސްޠީނުގެ 123 މީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފަލަސްޠީނުގެ 123 މީހުން ޝަހީދުވެއްޖެ

ޣައްޒާގެ ޝަހީދުންތަކެއްގެ ހަށިތައް---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޯގަސްޓު 2025، 10:05

13 އޯގަސްޓު 2025، 10:05

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއިލްގެ ހަަމަލާތަކުގައި ފަލަސްޠީނުގެ 123 މީހުން ޝަހީދުވެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފިއެވެ. 

ޣައްޒާގެ ސިއްޙީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ،  ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 123 ރައްޔިތުން ޝަހީދުވެފައިވާ ކަމަށެވެ. އަދި މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 21 މީހުން ހިމެނޭ ކަމަށާއި، މި ހަމަލާތަކުގައި 437 މީހުން ޒަޚަމްވެފައިވާކަމަށް އެ ޗެނަލުން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމަމިއާއެކު، ފާއިތުވި 24 ގަޑިއިރުތެރޭގައި ޣައްޒާގައި އިސްރާއީލުން ކުރިމަތިކޮށްފައިވާ ބަނޑުހައިހޫނުކަމާއި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން 8 މީހުން ޝަހީދުވެފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ. އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 235އަށް އަރާފައިވާއިރު، މީގެ ތެރޭގައި 106 ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ، މިއީ "ޣައްޒާގެ ކުޑަކުދިން މައްޗަށް ހިންގޭ ހަނގުރާމައިގެ އެންމެ ފަހުގެ ނަތީޖާ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ "މިހާތަނަށް 40،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ބޮމުގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގައި ޝަހީދުވެ ނުވަތަ ޒަހަމްވެފައިކަމަށެވެ.

އަދި މައިންބަފައިންނާއި ވަކިވެ ޔަތީމުވެފައިތިބި 17،000 އަށްވުރެ ގިނަ ކުޑަކުދިން، އަދި ނަފްސާނީގޮތުން ބޮޑެތި އަނިޔާތައް ލިބި، ތަޢުލީމުން މަހުރޫމްވެފައިވާ އެއް މިލިއަން ކުޑަކުދިން ތިބިކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

ޣައްޒާގައި މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާއިރު، ހަމާސްއިން މިޞްރުގައި ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުރީގެ މަޝްވަރާތައް ޤަތަރުގައި ކުރިއަށްދިޔައިރު، ހަމާސްއިން ހުށަހެޅި ހުށަހެޅުމަކަށް އިސްރާއީލާއި އެމެރިކާއިން ޖަވާބުދިނުމަށްފަހު، މަޝްވަރާތައް ވަނީ ހުއްޓިފައެވެ. 

ހަމާސްގެ އޮފިޝަލެއްކަމަށްވާ ތާހިރު އަލް-ނޮނޯ ވިދާޅުވެފައި ވަނީ، ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި ހަނގުރާމަ ހުއްޓުވުމާއި، އެހީ ފޯރުކޮށްދިނުމާއި، ޣައްޒާގެ ރައްޔިތުންގެ ވޭން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން