ދުނިޔެ

ޝުޖާޢިއްޔާގައި އަލްޤައްސާމުން ފާއިތުވި މަހު ހިންގި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހާމަކޮށްފި

ޝުޖާޢިއްޔާގައި އަލްޤައްސާމުން ފާއިތުވި މަހު ހިންގި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހާމަކޮށްފި

އަލްޤައްސާމްގެ މުޖާހިދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2025، 10:36

12 އޯގަސްޓު 2025، 10:36

ހުލާސާ


 

 

 

ޣައްޒާގެ ޝުޖާޢިއްޔާގައި ހަމާސްގެ ހަނގުރާމަވެރި ފިޔަ، އަލް ޤައްސާމުން ފާއިތުވި މަހު ހިންގި އޮޕަރޭޝަންތަކުގެ މަޢުލޫމާތު ހާމަކޮށްފިއެވެ. 

އަލްޤައްސާމުން ބުނާ ގޮތުގައި، ފާއިތުވި ޖުލައި 4 ވަނަ ދުވަހު ޝުޖާޢިއްޔާގެ އިރުމަތީ ސަރަޙައްދުގައި މަރުކަވާ ޓޭންކަކަށް ޔާސީން 105 މިސައިލް ދިނުމަށްފަހު، އޭގެ އަނެއް ދުވަހު އިސްރާއިލް ސިފައިން ތިބި ގެއަކަށް މިސައިލް ހަމަލާއެއް ދީ، އެ ތަނުގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު މަރާލައި އެހެންބަޔަކަށް އަނިޔާވެފައިވާކަމަށެވެ.

މީގެ އިތުރުން، ފާއިތުވި މަހުގެ 9 ވަނަ ދުވަހު އެ ސަރަޙައްދުގައި އިސްރާއިލް ސިފައިންގެ 3 މީހަކަށް ސްނައިޕަރުން ނިޝާންބަހައްޓައި، އޭގެ ތެރެއިން ބަޔަކު މަރާލައި އަނެއްބަޔަކަށް ހާނިއްކަ ކުރެވުނު ކަމަށްވެސް އަލްޤައްސާމުން ބުނެފައިވެއެވެ.

ހޯމަ ދުވަހު އަލްޤައްސާމުން ނެރުނު ތިން ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއިލްގެ ދެ އަސްކަރީ މަރުކަޒަކަށް ހަމަލާދީ، އިސްރާއިލްގެ ދެ ސިފައިންނަށް ސްނައިޕަރުން ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއިލުން ޣައްޒާގެ ގިނަ ސަރަޙައްދުތަކެއް އިހުތިލާލުކޮށްފައިވީ ނަމަވެސް، މުޤާވަމާއިން އެ ސަރަޙައްދުތަކުގައި ތިބި އިސްރާއިލްގެ ބާރުތަކާއި އަސްކަރީ މަރުކަޒުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އިސްރާއިލަށް މިހާތަނަށް ވަނީ ނުކުޅެދިފައެވެ. އަދި އިސްރާއިލްގެ ރަށްތަކާއި ސިޓީތަކަށް ދެމުންގެންދާ ރޮކެޓް ހަމަލާތައްވެސް ހުއްޓުވުމަށް އިސްރާއިލަށް ވަނީ ނުކުޅެދިފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއިލުން އަންނަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންނެވެ. މިގޮތުން ހަމަލާދީގެން އެތައް ބަޔަކު ޝަހީދުކޮށްލުމާއި، ބަނޑަށް ޖެއްސުމާއި، ތަންތަން ހަލާކުކުރުން ހިމެނެއެވެ. މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ގޮވާލާފައިވާ ގޮވާލުންތަކަށް އިސްރާއިލުން އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އިސްރާއިލުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 61,499 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 153,575 މީހުންނަށް އަނިޔާވެ، 9,000 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެތައް ހާސް މީހުން ވަނީ ނިކަމެތި ހާލުގައި ޖެހިފައެވެ. އަދި ކާބޯތަކެތި ނުލިބިގެން ގިނަ އަދަދެއްގެ މީހުން ވަނީ ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި އެތައް ކުޑަކުދިންތަކެއް ހިމެނެއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން