ދުނިޔެ

ނޮވެމްބަރު މަހުން ފެށިގެެން ހަފްތާއަކު ތިންފަހަރަށް ނަތަންޔާހޫ ކޯޓަށް ހާޒިރުވާން ޖެހިއްޖެ

ނޮވެމްބަރު މަހުން ފެށިގެެން ހަފްތާއަކު ތިންފަހަރަށް ނަތަންޔާހޫ ކޯޓަށް ހާޒިރުވާން ޖެހިއްޖެ

އިޒްރާއިލްގެ ބޮޑިވަޒީރު ނަތަންޔާހޫ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2025، 08:45

12 އޯގަސްޓު 2025، 08:45

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކުރިއަށް އޮތް ނޮވެމްބަރު މަހުން ފެށިގެން ހަފްތާއަކު 3 ދުވަހު ކޯޓަށް ހާޒިރުވާން ޖެހޭނެކަމަށް ޓައިމްސް އޮފް އިސްރާއީލުން މިއަދު ހާމަކޮށްފިއެވެ.

ނަތަންޔާހޫ އާދަވެ ކޯޓަށް ހާޒިރުވާން ޖެހެނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ހެކިބަސް ދިނުމަށް ކަނޑައެޅިފައިވާ އަޑުއެހުންތަކަށެވެ.

2020 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި މައްސަލައިގައި މިހާތަނަށް ނަތަންޔާހޫ ވަނީ ހަފްތާއަކުދެ ފަހަރު ކޯޓަށް ހާޒިރުވާން އަންގާފައެވެ. ނަމަވެސް ގިނަ އަޑުއެހުންތައް ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެ ކެންސަލްކުރެވި ނުވަތަ މަދުކުރެވިފައެވެ. މީގެ ތެރޭގައި ވަރުބަލިކަމާއި، ބަލިވުމާއި، ރަސްމީ މަސްއޫލިއްޔަތުތަކުގެ ސަބަބުން ވަގުތު ނެތުން ހިމެނެއެވެ. ޚާއްސަކޮށް ޣައްޒާއާ ދެކޮޅަށް ހިންގާ ހަނގުރާމަ އާއި ބޭރު ދަތުރުތަކުގެ ސަބަބުން ގިނަ އަޑުއެހުންތައް ވަނީ ފަސްކުރެވިފައެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް އަޑުއެހުންތައް ތެލްއަވީވް ސެންޓްރަލް ކޯޓުގެ ބަދަލުގައި ބައިތު ޝެމެޝްގައި ހުންނަ ކޯޓަކަށް ބަދަލުކުރުމަށް ވެސް ވިސްނަމުންދެއެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި "ކޭސް 1000"، "ކޭސް 2000" އަދި "ކޭސް 4000" ގެ ނަމުން މަޝްހޫރު 3 މައްސަލަ ހިމެނެއެވެ. މި މައްސަލަތަކުގައި އޭނާއާ ސުވާލުކުރަން ފެށީ މިދިޔަ ޖަނަވަރީ މަހުގައެވެ. މި މައްސަލަތަކުގެ ދައުވާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމާއި، އަމާނާތަށް ޚިޔާނަތްތެރިވުން ހިމެނެއެވެ. މި ކުށްތައް ސާބިތުވެއްޖެނަމަ އޭނާއަށް ޖަލު ޙުކުމެއް ކުރެވިދާނެއެވެ. އެހެންނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވަނީ މި މައްސަލަ އުވާލުމަށެވެ. މި މައްސަލައާ ގުޅޭގޮތުން އިސްރާއީލުގެ ރައްޔިތުން ވަނީ ދެބައިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން