ދުނިޔެ

އިސްރާއިލުން ދަނީ މިހާތަނަށް ނުހިންގާފަދަ ޤަތުލްޢާންމެއް ޣައްޒާގައި ހިންގުމަށް ތައްޔާރުވަމުން: ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ

އިސްރާއިލުން ދަނީ މިހާތަނަށް ނުހިންގާފަދަ ޤަތުލްޢާންމެއް ޣައްޒާގައި ހިންގުމަށް ތައްޔާރުވަމުން: ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ

ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ މުޙައްމަދު އަބޫ ސަލްމިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 06:02

11 އޯގަސްޓު 2025، 06:02

އިސްރާއިލުން ދަނީ މިހާތަނަަށް ނުހިންގާފަދަ ޤަތުލްއާންމެއް ޣައްޒާގައި ހިންގުމަށް ތައްޔާރުވަމުން ކަމަށް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެެއްޖެއެވެ. 

ޑރ ސަލްމިއްޔާ ވިދާޅުވީ  އިސްރާއީލުން އަލްޖަޒީރާގެ ނޫސްވެރިން މަރާލާފައިވަނީ ޣައްޒާގައި ބޮޑު މަރުގެ އަނިޔާއެއް ހިންގުމުގެ ކުރިން، އެކަން ފޮޓޯއާއި ވީޑިއޯ މެދުވެރިކޮށް ދުނިޔެއަށް ނުފެންނާނެ ގޮތް ހެދުމަށްކަމަށެވެ.

 "އަޅުގަނޑުމެން މަރުވެދާނެކަމުގެ ބިރު އެބައޮތް، އެކަމަކު އެކަން އެއްވެސް މީހަކަށް ނޭނގި، އިސްރާއީލުން ނޫސްވެރިން މަރާލުމުން ދޭހަވަނީ އެމީހުން ޣައްޒާގައި ބޮޑު ކަމެއް ހިންގަން ރާވަމުންދާކަން" ޑރ އަބޫ ސަލްމިއްޔާ ވިދާޅުވެފައިވެއެވެ. 

އިއްޔެ ހަވީރު ޝިފާ ހޮސްޕިޓަލް ކައިރީގައި ހުރި ނޫސްވެރިންގެ ޓެންޓަށް އިސްރާއީލުން ދިން ހަމަލާގައި 6 ނޫސްވެރިން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި އަލްޖަޒީރާގެ އަނަސް އައްޝަރީފް އަދި މުޙައްމަދު ގުރައިގާ ވެސް ހިމެނެއެވެ. މީގެ އިތުރުން ކެމެރާމަނުންކަމުގައިވާ އިބްރާހިމް ޒާހިރު އަދި މުއުމިން އަލިވާ އާއި އެހީތެރިޔާ މުޙައްމަދު ނައުފަލް އަދި ސާހާތު މީޑިއާގެ ނޫސްވެރިޔާ މުހައްމަދު އަލްޚާލިދީ ވެސް ވަނީ ޝަހީދުވެފައެވެ.

އޮކްޓޯބަރު 7 ގައި އިސްރާއީލުން ފެށި ހަނގުރާމައިގައި މިހާތަނަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި މެޑިކަލް މުވައްޒަފުން ވަނީ ޝަހީދުވެފައެވެ. މިކަމާ ގުޅޭގޮތުން އަބޫ ސަލްމިއްޔާ ވިދާޅުވީ މިއީ ހުރިހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަމަށެވެ. އަދި މި ޖަރީމާ ހުއްޓުވުމަށް ދުނިޔޭގެ ނޫސްވެރިން އިސްރާއީލަށް ފިއްތުން ބޮޑުކުރުމަށް ގޮވާލައްވާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝަހީދުވި އަނަސް އައްޝަރީފްގެ ގެއަށް ވެސް އިސްރާއީލުން ވަނީ ޑިސެމްބަރު 2023 ގައި ހަމަލާދީފައެވެ. މި ހަމަލާގައި އޭނާގެ ބައްޕަ ވަނީ ޝަހީދުވެފައެވެ. އަނަސްއަކީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތައް ދުނިޔެއަށް ހާމަކުރުމުގައި އިސް ދައުރެއް އަދާކުރި ނޫސްވެރިއެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން