ދުނިޔެ

އޮސްޓްރޭލިއާއިން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި

އޮސްޓްރޭލިއާއިން ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 04:59

11 އޯގަސްޓު 2025، 04:59

އޮސްޓްރޭލިއާއިން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައިފިއެެވެ. 

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް ވިދާޅުވެފައިވަނީ އެ ޤައުމުން ސެޕްޓެމްބަރު މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށެވެ. މި ނިންމުން ރަސްމީކޮށް އިއުލާން ކުރާނީ ނިއުޔޯކުގައި ބޭއްވޭ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މެދުއިރުމަތީގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވައި، ޣައްޒާގައި ދިމާވެފައިވާ ހަނގުރާމައާއި، ބަނޑަހައިހޫނުކަމަށް ހައްލެއް ހޯދުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދެ ޤައުމުގެ ހައްލެއް ގެނައުން،" ކެންބެރާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވެފަައިވެއެވެ. 

އޮސްޓްރޭލިއާގެ މި ނިންމުން އައިސްފައިމިވަނީ ކެނެޑާ، ފްރާންސް އަދި ޔުނައިޓެޑް ކިންގްޑަމްއިން ވެސް ކުރިއަށް އޮތް މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ވެސް އދ. ގެ ގިނަ މެމްބަރު ޤައުމުތަކުން ވަނީ ފަލަސްތީނުގެ ދައުލަތް  ބަލައިގަނެފައެވެ.

އޮސްޓްރޭލިއާގެ އިދިކޮޅު ޕާޓީ، ލިބަރަލް ޕާޓީން މި ނިންމުމާ ދެކޮޅު ހަދާފައިވެއެވެ. އެ ޕާޓީން ބުނެފައިވަނީ މި ނިންމުމަކީ އޮސްޓްރޭލިއާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއާ ދުރުވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި ހަމާސް ޣައްޒާގެ ބާރު ދަށުގައި އޮއްވައި ފަލަސްތީނު ބަލައިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން