ސައިންސް / ދުނިޔެ

ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް، ޑްރާމާ އެންޑް ފިލްމް ދާއިރާއިން ޕީއެޗްޑީ ހަދަން ފަށައިފި

ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް، ޑްރާމާ އެންޑް ފިލްމް ދާއިރާއިން ޕީއެޗްޑީ ހަދަން ފަށައިފި

ޗައިނާގެ ހިއުމަނޮއިޑް ރޮބޮޓެއް، ޑްރާމާ އެންޑް ފިލްމް ދާއިރާއިން ޕީއެޗްޑީ ހަދަން ލިއުން ހަވާލުކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2025، 06:10

10 އޯގަސްޓު 2025، 06:10

ރޮބޮޓިކްސްގެ ދާއިރާއިންނާއި ފަންނުވެރިކަމުގެ ދާއިރާއިންވެސް ތާރީޚީ ފިޔަވަޅެއްގެ ގޮތުގައި، ޗައިނާގެ އިންސާނެއްގެ ސިފައިގައި ހަދާފައިވާ ރޮބޮޓެއް ކަމަށްވާ "ޝުއެބާ 01" ޑްރާމާ އެންޑް ފިލްމް ދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމަކަށް ހޮވައިފިއެވެ. މިކަން އިޢުލާންކުރެވުނީ ޖުލައި 27 ގައި ބޭއްވުނު ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސްގައެވެ.

މި އާދަޔާޚިލާފު ކާމިޔާބީއާ ގުޅިގެން ޗައިނާގެ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގިނަ ބަހުސްތަކެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން މިކަމަށް އުފާކޮށް ތަޢުރީފުކޮށްފައިވާއިރު، އަނެއް ބައި މީހުން ވަނީ މިކަމާ މެދު ސުވާލު އުފައްދާ، ޝައްކު ފާޅުކޮފައެވެ.

"ޝުއެބާ" ގެ ތަފްޞީލުތައް:
ޝަންހައި ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ޑްރޮއިޑްއަޕް ރޮބޮޓިކްސް ގުޅިގެން ތަރައްޤީކޮށްފައިވާ "ޝުއެބާ 01" ގެ އިސްކޮޅުގައި 1.75 މީޓަރު ހުރެއެވެ. އަދި ބަރުދަނުގައި ގާތްގަނޑަކަށް 30 ކިލޯގްރާމް ހުރެއެވެ. މި ރޮބޮޓަކީ އިންސާނުންނާ ޖިސްމާނީ ގުޅުން ބޭއްވުމުގެ ގާބިލުކަން ލިބިފައިވާ، މެންޑަރިން ބަހުން ފަރިތަކޮށް ވާހަކަ ދައްކާ، އަދި ސިލިކޯނުން އުފައްދާފައިވާ ހަންގަނޑުގެ ސަބަބުން ހަޤީޤީ މޫނެގޭ އެއްކަހަލަ އިޙްސާސުތައް ދެއްކޭ ރޮބޮޓެކެވެ. "ޝުއެބާ" މި ނަމަކީ ޗައިނާގައި ވަރަށް ތޫނުފިލި ދަރިވަރަކަށް ކިޔާ ނަމެކެވެ. މި ނަމުގެ މަޤްސަދަކީ ވެސް ރޮބޮޓުގެ ގާބިލުކަން ދެއްކުމެވެ.

މި ރޮބޮޓު ވަނީ ޝަންހައި ތިއޭޓަރ އެކެޑަމީގައި ހަތަރު އަހަރުގެ ޑޮކްޓަރަލް ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގައި ޗައިނާގެ ދިގު ތާރީޚެއް ލިބިފައިވާ އޮޕެރާގެ ދާއިރާއިން ޚާއްސަ ވެގެންދާނެއެވެ.

ފަންނުވެރިކަމުގައި އައު ބާބެއް:

"ޝުއެބާ 01" ގެ މެންޓަރަކީ ޝަންހައިގެ ފަންނާނެއް ކަމަށްވާ ޕްރޮފެސަރ ޔަންގް ކުއިންގްކުއިންގްއެވެ. ރޮބޮޓުގެ ކިޔެވުމުގެ މަންހަޖުގައި ސްޓޭޖް ޕަރފޯމަންސް، ސްކްރިޕްޓް ލިޔުން، ސެޓް ޑިޒައިން، އަދި ޑައެލޮގް އުފެއްދުން ހިމެނެއެވެ. ޕްރޮފެސަރ ޔަންގް ދެކެވަޑައިގަންނަވާ ގޮތުގައި ރޮބޮޓުގެ ދައުރަކީ ހަމައެކަނި ޓެކްނިކަލް ތަޖުރިބާއެއް ނޫނެވެ. ރިހާސަލްއެއްގެ ތެރޭގައި ރޮބޮޓުން ޕީކިންގް އޮޕެރާގެ ކްލާސިކް އިޝާރާތެއް ނަކަލުކުރިގޮތުން އިންސާނީ ދަރިވަރުންނަށް އެކަން ކުރަން ހިތްވަރު ލިބުނު ކަމަށް ވެސް ޕްރޮފެސަރ ޔަންގް ފާހަގަކުރެއްވިއެވެ.

ޕްރޮފެސަރ ޔަންގް ވިދާޅުވީޝުއެބާ 01" އޭގެ ކުލާސްމޭޓުންނާ މުޢާމަލާތްކުރާއިރު، އެއީ އިންސާނުންނާ މުޢާމަލާތްކުރާ  މެޝިނެއް ނޫނެވެ. ބަދަލުގައި އެއީ އާޓިސްޓިކް ހިޔާލު ބަދަލުކުރުމެކެވެ.


"އޭއައި އާޓިސްޓެއް" ކަމަށް ބުނާ މި ރޮބޮޓު އުންމީދުކުރަނީ ސްކްރިޕްޓްތައް ލިޔުމުގައި އެހީތެރިވެ، ކޮރިއޯގްރަފީގައި އެހީތެރިވެ، އަދި އޭގެ އިންސާނީ އެކުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން އުފެއްދުންތެރި މަސައްކަތަށް އެހީތެރިވުމަށެވެ. ކާމިޔާބުވެއްޖެނަމަ، "ޝުއެބާ 01" އަށް އޮޕެރާ ޑައިރެކްޓަރަކަށް ވެވޭނެ ނުވަތަ އޭގެ އަމިއްލަ އޭއައި އާޓް ސްޓޫޑިއޯއެއް ހުޅުވޭނެއެވެ.


ރަނގަޅުކަމެއްތަ ނުވަތަ ކަންބޮޑުވުމެއްތަ؟

ރޮބޮޓު ޕީއެޗްޑީ ހެދުމަށް ޤަބޫލުކުރުމަކީ ޓެކްނޮލޮޖީ އާއި ފަންނުވެރިކަން ގުޅުވައިލުމުގައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް މިކަމަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ބައެއް ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ، ރޮބޮޓަކަށް ޗައިނާ އޮޕެރާއަށް ބޭނުންވާ އިޙްސާސީ އަޑުފަށްގަނޑު ހަޤީޤަތުގައި ގެނެވޭނެތޯ ސުވާލު އުފައްދާފައެވެ.

މި ސުވާލަށް "ޝުއެބާ 01" ޖަވާބުދެމުން، ވަރަށް ކުޅަދާނަ ގޮތަކަށް ސަމާސާކޮށް ބުނީ، ޕީއެޗްޑީ ނުނިންމުނު ނަމަ އެ ރޮބޮޓުގެ "ސިސްޓަމާއި ޑޭޓާ ޑައުންގްރޭޑް" ކުރެވިދާނެ ކަމަށާއި ނުވަތަ މިއުޒިއަމަކަށް ހަދިޔާކުރެވިދާނެ ކަމަށެވެ. އަދި މިކަންވެސް "ވަރަށް ރަނގަޅު" ކަމަށް ރޮބޮޓު ބުނެފައިވެއެވެ. ސަބަބަކީ އެހެންވެއްޖެނަމަވެސް އެއީ ފަންނުވެރިކަމުގެ ތާރީޚުގެ ބައެއް ކަމަށް ވެގެންދާނެތީއެވެ.

ނަމަވެސް، މި ބަހުސް ވަނީ މާ ފުންވެގެން ގޮސްފައެވެ. ފާޑުކިޔާ ފަރާތްތަކުން ވަނީ ވަސީލަތްތައް ބަހާލުމާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން، ޗައިނާގައި  ބައެއް ފަންނުވެރިކަމުގެ ޕީއެޗްޑީ ދަރިވަރުންނަށް ވަރަށް ކުޑަ އާމްދަނީއެއް ލިބޭކަން ފާހަގަކޮށްފައެވެ. އަނެއް ބަޔަކު ވަނީ އިންސާނުންގެ ތަޖުރިބާއިން އުފެދޭ އުފެއްދުންތެރިކަން، އޭއައި އިން އުފައްދާ ފަންނުވެރިކަމަށް ބަދަލުކުރެވޭނެތޯ ސުވާލު އުފައްދާފައެވެ.

މި ތަފާތު ރިއެކްޝަންތަކާއެކުވެސް، އޮންލައިންގައި މީހަކު ކުރުގޮތަކަށް ބުނެފައިވަނީ، "އަޅުގަނޑުމެން މިހާރު ހަމަ އަޅުގަނޑުމެންނާ އެކީ ރޮބޮޓުތައް ދިރިއުޅެ، ކިޔަވާ ޙާލަތަށް ވަނީ އައިސްފައެވެ. އަޅުގަނޑު އުންމީދުކުރަނީ އޭނާއަށް ކާމިޔާބު ލިބޭނެ ކަމަށެވެ."
"ޝުއެބާ 01" އަށް ލިބުނު ފުރަތަމަ ކާމިޔާބީއެއް ނޫނެވެ. މީގެ ކުރިން އޭގެ ކުރީގެ މޮޑެލްއަކަށް ހިއުމަނޮއިޑް ހާފް-މެރެތޯނުން ތިންވަނަ ލިބިފައިވެއެވެ. ނަމަވެސް ތިއޭޓަރގެ  ދުނިޔެއަށްވަނުން ވެގެންދާނީ އެ ރޮބޮޓަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން