ޚަބަރު
ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް

މި އޮޕަރޭޝަނުގައި ހޯދި މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހޯދި މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން، މިހިނގާ އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވިލިމާލެ ފްލެޓެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ފްލެޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 33.41 ގުރާމެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ވިލިމާލެ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.