ޚަބަރު
ފްލައިޓަށް ދިމާވި މައްސަލަ ޙައްލުކޮށް އުމްރާވެރިން ފުރުމަށް މިހާރު ވަނީ ތައްޔާރުވެފަ: އެމްޑީ ޝަކީލް

ޢުމްރާވެރިން/ފޮޓޯ: ސަން އޮންލައިން
ޢުމްރާވެރިން ގޮވައިގެން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި މައްސަލަ ޙައްލުކޮށް ފުރުމަށް މިހާރު ވަނީ ތައްޔާރުވެފައިކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދިޔަ އުމްރާވެރިން ގޮވައިގެން މިއަދު ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް އައުމަށްޓަކާ ސަޢުދީ ގަޑިން 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ފްލައިޓް ވަނީ އެވަގުތު ކެންސަލް ކޮށްފައެވެ.
މިކަމާއި ގުޅިގެން އެމްޑީ ޝަކީލް ވިދާޅުވީ، މި ފްލައިޓްގެ ފުރުން އެ ވަގުތު ލަސްކޮށްފައިވަނީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް، މިހާރު މި މައްސަލަ ހައްލުކުރުމަށްފަހު މިއަދު ސަޢުދީ ގަޑިން 18:30 ހާއިރު ގައި އުމްރާވެރިން ފުރުމަށް މިހާރު ވަނީ ތައްޔާރުވެފައިކަމަށް އެމްޑީ ވިދާޅުވިއެވެ.
މި ފްލައިޓުން ދަތުރުކުރުމަށް ތައްޔާރުވެގެން ތިބި ހުރިހާ ޢުމްރާވެރިންގެ ވެސް ޙާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.