Ads by Stelco

ޚަބަރު

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޯގަސްޓު 2025، 06:55

07 އޯގަސްޓު 2025، 06:55

ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުން އެކުލަވާލައްވާފައިވަނީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއާއި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީ އާއި ދެމެދުއެވެ. އެގޮތުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ނަޘީމް އެވެ.

މި މަޝްރޫޢޫގެ ދަށުން ޖުމްލަ 11 ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މި ހުރިހާ މަޝްރޫޢެއް ވެސް ސަރުކާރުން އާރްޑީސީ އާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. އެގޮތުން، ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަށް އެއްބަސްވުން އެކުލަވާލާފައިވާ ރަށްތަކަކީ، ތ. ގުރައިދޫ، ތ. ކިނބިދޫ، މ. މުލި، ހއ. ތުރާކުނު، ހދ. ނޮޅިވަރަންފަރު، ތ. ހިރިލަންދޫ، ބ. ތުޅާދޫ، ށ. މަރޮށި، ހދ. ފިނޭ، ނ. މާފަރު، އަދި ބ. ކުޑަރިކިލު އެވެ.

މަޝްރޫޢުތަކަށް ޚަރަދުކުރާ ރުފިޔާގެ ޢަދަދު:

  • ތ. ގުރައިދޫ - 74،476،484.16
  • ތ. ކިނބިދޫ - 79،594،101.36
  • މ. މުލި - 85،029،368.76
  • ހއ. ތުރާކުނު - 65،547،695.88
  • ހދ. ނޮޅިވަރަންފަރު - 101،210،710.68
  • ތ. ހިރިލަންދޫ - 70،506،326.88
  • ބ. ތުޅާދޫ - 70،981،327.08
  • ށ. މަރޮށި - 60،295،350.24
  • ހދ. ފިނޭ - 65،576،137.68
  • ނ. މާފަރު - 116،011،768.32
  • ބ. ކުޑަރިކިލު - 53،537،331.24

މި ހުރިހާ މަޝްރޫޢެއް ވެސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރުމަށް ނިންމާފައިވަނީ، 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން