ޚަބަރު
ބީއެމްއެލް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ބީއެމްއެލް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން/ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ، ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ބީއެމްއެލް އިން ވަނީ ނިންމާފައެވެ.
ބީއެމްއެލް އިން ވިދާޅުވީ، ފާއިތުވެ ދިޔަ އަހަރުތަކުގައި ސްޓާޓަޕް ގްރާންޓް މެދުވެރިކޮށް އެހީ ދެމުން އައިސްފައި ވަނީ ދެ ވިޔަފާރިއަކަށް ކަމަށެވެ. އަދި ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ފަރާތަކަށް 500،000 ރުފިޔާގެ ހިލޭ އެހީއާއެކު، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ބޭނުންވާ ލަފާ ފޯރުކޮށްދޭނެއެވެ. ހަމަ އެހެންމެ، މި ގްރާންޓަށް އެދި އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް ހުށައެޅޭނެކަމަށް ބީއެމްއެލް އިން މަޢުލޫމާތުދެއެވެ.
މި ގްރާންޓުން ސްޓާޓަޕް ކޮމިއުނިޓީ މެދުވެރިކޮށް ވަޒީފާ އުފައްދައި، ވިޔަފާރީގެ އިތުރު ފުރުޞަތުތައް ލިބުމަށް މަގުފަހިވެ މުޖުތަމައަށާއި އިޤްތިޞާދީ ވެއްޓަށް ހެޔޮ ބަދަލެއް ގެނެސްދޭނެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށައަޅަން ބޭނުންވާ ފަރާތްތަކުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 16:00 ގެކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅަންޖެހޭނެއެވެ.