ޚަބަރު
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް 30 ދުވަސް

މުހަންމަދު ރަޒީން/ފޮޓޯ: ފުލުހުން
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް 30 ދުވަސް ޖަހައފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރު ކުރި މާލެ / މ. ސްޓާ، މުހަންމަދު ރަޒީން (49އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މާލެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ދޮރަށް ގެއްލުން ދިން މައްސަލައެއް މިހިނގާ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ރޭ 01:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޯށްފައިވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއެކު، ފުލުހުން ވަނީ މުހަންމަދު ރަޒީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.