Ads by Stelco

ޚަބަރު

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ކުޅުދުއްފުށީ ހޮސްޕިޓަލް/ފޮޓޯ: ރާއްޖެ އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޯގަސްޓު 2025، 01:26

06 އޯގަސްޓު 2025، 01:26

ހދ. ކުޅުދުއްފުށި ސިޓީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ/ޖިފުޑި، ހަސަން މޫސާ (67އ) މިއަދު ފަތިހު 5:00 އެހާކންހާއިރު އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދުވަންދިޔަ ގޮތަށް، އޭނާގެ ޚަބަރެއް ނުވާކަމަށް މިއަދު 10:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާއި ގުޅިގެން، ހަސަން މޫސާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެވަގުތު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އޭނާ ނިޔާވެފައިވާއިރު މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން