Ads by Stelco

ޚަބަރު

ގއ. ގެމަނަފުށީގައި ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އާރްޑީސީއަށް

ގއ. ގެމަނަފުށީގައި ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އާރްޑީސީއަށް

ގއ. ގެމަނަފުށީގައި ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އާރްޑީސީއާއި ހަވާލުކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 04:08

05 އޯގަސްޓު 2025، 04:08

ގއ. ގެމަނަފުށީގައި ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާއި ހަވާލުކޮށްފިއެވެ.

ގެމަނަފުށީގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތްތައް ނިންމުމަށް އާރްޑީސީއާއި ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އިބްރާހިމް އާސިމްއެވެ. އަދި އާރްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބައެއް ހެދިފައި ހުންނާނެ ކަމަށެވެ. ހަމަ މިއާއެކު، މުންނާރަކާއި އެކި މިސްކިތުގެ ލޭންޑް ސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތްތައް ވެސް ނިމިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި މިސްކިތުގައި ވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢޫލޫމާތުދެއެވެ. 

ގެމަނަފުށީގައި ބިނާކުރާ މިސްކިތަކީ، ދަޢުލަތުގެ ބަޖެޓުން 7،780،395.62 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.

މިއީ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން