Ads by Stelco

ޚަބަރު

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް އެމްޓީސީސީއާއި ހަވާލުކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 03:58

05 އޯގަސްޓު 2025، 03:58

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މުރައިދޫގައި މިސްކިތް ބިނާކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙުމަދު ސަޢުދީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ވުޟޫކުރާނެ ބަޔަކާއި އެކުގައި ކަމަށެވެ. ހަމަ އެހެންމެ، މުންނާރަކާއި، ލޭންޑް ސްކޭޕިންގ ގެ އިތުރަށް ވަށާފާރު ހިމެނޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ މިއާއެކު، މި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ހިމެނިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި މިސްކިތް ބިނާކުރެވޭނީ ސޯލަރ ސިސްޓަމްވެސް ހަރުކުރެވޭ ގޮތަށްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މުރައިދޫގައި ބިނާކުރާ މި މިސްކިތަކީ، ދައުލަތުގެ ބަޖެޓުން 7،789،771.62 ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. އަދި މި މިސްކިތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން