Ads by Stelco

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓު/ފޮޓޯ: ސަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 01:38

05 އޯގަސްޓު 2025، 01:38

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު  ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އަނެއްކާވެސް ހުޅުވާލައިފިއެވެ.

ހައި ކޯޓަކީ ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ނަމަވެސް، މިހާރު އެ ކޯޓުގައި ތިއްބެވީ 10 ފަނޑިޔާރުންނެވެ.

ޖޭއެސްސީން ވަނީ ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައެވެ. އެހެންކަމުން، އެ މަޤާމަށް ޝައުގުވެރިވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ.

މި މަޤާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެއެވެ. ހަމަ އެހެންމެ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމަކީ ވެސް މި މަޤާމުގެ މުހިންމު ޝަރުތެކެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާ އެވެ. އޭގެ އިތުރުން، ލިވިން އެލަވަންސަށް މަހަކު 18،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މުސާރަ އާއި ފައިސާގެ އިނާޔަތުގެ އިތުރުން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ދޭނެއެވެ.

ހައިކޯޓަކީ ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފުކުރާ ކޯޓެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން