Ads by Stelco

ޚަބަރު

މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމައިފި

މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމައިފި

މީރާ/ފޮޓޯ: ރާއްޖެ އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 01:32

05 އޯގަސްޓު 2025، 01:32

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމައިފިއެވެ.

މީރާއިން ވަނީ، ފާއިތުވި 15 އަހަރުގެ ތެރޭގައި އެ އޮޓޯރިޓީއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ އޮތޯރިޓީގެ 15 ވަނަ އަހަރީ ދުވަހާއި ދިމާކޮށް އެވޯޑު ދިނުމަށް ނިންމައިފައެވެ.

މީރާއިން ވިދާޅުވީ، ފާއިތުވި 15 އަހަރުގެ ތެރޭގައި އެ އޮތޯރިޓީއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ފަރާތަކަށް "ރަން ފަނަރަ" އެވޯޑް ދިނުމަށް ނިންމާފައިވާކަމަށެވެ. ހަމަ އެހެންމެ، މި އެވޯޑް ދިނުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އެ އޮތޯރިޓީއަށް އެންމެ ގިނައިން ފައިސާ ދައްކާފައިވާ ފަރާތްތައް ފާހަގަކޮށް ދެނެގަނެ އެ ފަރާތްތަކުގެ އަގު ވަޒަންކުރުންކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

މީރާއިން އިތުރަށް ވިދާޅުވީ، "ރަން ފަނަރަ" އެވޯޑާއި ގުޅޭ އެންމެހައި ކަންތައްތައް ވިލަރެސްކޮށް ކުރިއަށް ގެންދާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނުން އައްޔަންކުރާ އެކަމަށް ޚާއްޞަ ކޮމެޓީއަކުން ކަމަށެވެ. މީގެ އިތުރުން، މި އެވޯޑް މީރާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދިނުމަށް ނިންމަވައިފައިވާއިރު، މި އެވޯޑް ދޭނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައިވާ 15 ފަރާތަކަށްކަމަށް މީރާއިން މަޢުލޫމާތުދެއެވެ.

މީރާއިން ވިދާޅުވީ، "ރަން ފަނަރަ" އެވޯޑް ދިނުމުގެ ކުރިން އެ އެވޯޑް ހައްޤުވާ ފަރާތްތަކުގެ އިޢުތިރާޒެއް ނެތްކަން އެވޯޑް ކޮމިޓީން ލިޔުމުން ޔަޤީންކުރާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން