Ads by Stelco

ޚަބަރު

ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓަށް 190 އަށްވުރެ ގިނަ ޝަކުވާ

ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓަށް 190 އަށްވުރެ ގިނަ ޝަކުވާ

އެމްއެންޔޫގައި ދަރިވަރުންތަކެއް|ފޮޓޯ: އެމްއެންޔޫ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 01:31

05 އޯގަސްޓު 2025، 01:31

މިއަހަރުގެ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓަށް 190 އަށްވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ، މިިދިޔަ މަހުގެ 22 ވަނަ ދުވަހު ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައެވެ.

އެ ވުޒާރާއިން ހުޅުއްވާލައްވާފައިވާ މި ފުރުޞަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ޖުމްލަ 195 ޝަކުވާއެއް ލިބިފައިވާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، އެ ވުޒާރާއަށް ލިބިފައިވާ ޝަކުވާތައް ވީހާވެސް އަވަހަށް ބެލުމަށްފަހު ދާއިމީ ލިސްޓެއް އާންމުކުރުމަމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނު ދިނުމަށް ދަރިވަރުންނަށް ހުޅުވާލާފައިވަނީ ޖުމްލަ 500 ފުުރުޞަތަށެވެ. އެހެން ނަމަވެސް، މިއަހަރުގެ ސްޓޫޑެންޓް ލޯނަށް އެދި ޖުމްލަ 1338 ދަރިވަރުން ކުރިމަތިލާފައިވާއިރު، މީގެ ތެރެއިން ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވަނީ 806 ދަރިވަރުންގެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ސްޓޫޑެންޓު ލޯނަށް ޝަރުޠުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ސްޓޫޑެންޓު ލޯނުން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންނެވެ. އަދި މި ލޯނުގެ ދަށުން އެ ދަރިވަރަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން