Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ސްކީމު: ފްލެޓު ދިނުމުގައި ފުރަތަމަ އިސްކަންދޭނީ 76 އަށްވުރެ މަތިން މާރކްސް ލިބުނު ފަރާތްތަކަށް

ގެދޮރުވެރިޔާ ސްކީމު: ފްލެޓު ދިނުމުގައި ފުރަތަމަ އިސްކަންދޭނީ 76 އަށްވުރެ މަތިން މާރކްސް ލިބުނު ފަރާތްތަކަށް

4000 ފްލެޓް އިމާރާތްތައް/ފޮޓޯ: އަދަދު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 އޯގަސްޓު 2025، 07:01

04 އޯގަސްޓު 2025، 07:01

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދިނުމުގައި ފުރަތަމަ އިސްކަންދޭނީ 76 އަށްވުރެ މަތިން މާރކްސް ލިބުނު ފަރާތްތަކަށްކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިފަދައިން ޢަމަލުކުރެއްވުމަށް ނިންމަވާފައިވަނީ، ގެދޮރުވެރިޔާގެ ކުރީގެ ފައިނަލް ލިސްޓުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓު ނުދީ 75 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓު ދީފައިވާކަން ފާހަގަކުރެވިފައިވާތީކަމަށް، މިއަދު ނެރުނު އިޢުލާންގައި ވަނީ ފާހަގަކޮށްފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާރކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި، އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް، އެ ވުޒާރާއިން 16 ނޮވެންބަރު 2023ގައި ނެރުނު އިޢުލާންގައި ބަޔާންކޮށްފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓްތައް ކަނޑައެޅުމަށް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތު ނެގުމުގައި 76 އަށް ވުރެ މަތިން މާރކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް އެ ވުޒާރާއަށް ފާހަގަވެފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ މިއާއެކު، 76 އަށް ވުރެ މަތިން މާރކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައެޅުމުގެ ކުރިން، 75 އަށް ވުރެ މަތިން މާރކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެހެންކަމުން، ގެދޮރުވެރިޔާ ސްކީމުގެ ދަށުން 76 މާރކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށް ފުރަތަމަ އިސްކަންދެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ  ވިދާޅުވެފައެވެ. ހަމަ މިއާއެކު، މި މަރުޙަލާ ނިމުމާއެކު 75 އަދި އެއަށްވުރެ މަތިން މާރކްސް ލިބުނު ފަރާތްތަކުގެ ފްލެޓާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ސްކީމްގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކުގެ ތެރެއިން 2665 މީހެއްގެ ނަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީއަށް ފޮނުވާފައިވާއިރު، މިހާތަނަށް 200 އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުން ވަނީ އެކުލަވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން