Ads by Stelco

ޚަބަރު

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިންނާއި ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިންނާއި ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިންނާއި ވަޒީރު ޑރ. ޝަހީމް ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 އޯގަސްޓު 2025، 05:23

04 އޯގަސްޓު 2025، 05:23

ބައިނަލްއަޤްވާމީ ދެ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ވަނީ، ސަޢުދީ ޢަރަބިއްޔާގައި ކުރިއަށްދާ 45 ވަނަ ކިންގް ޢަބްދުލްޢަޒީޒް ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ދެ ބައިވެރިންނާއި ބައްދަލުކުރައްވާފައެވެ. ހަމަ އެހެންމެ، މޮރޮކޯގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތެއްގައި ރާއްޖެ ތަމްސީލް ކުރާ 2 ބައިވެރިންނާއި ވެސް ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ ބައިވެރިންނަށް ހިތްވަރު  ދެއްވާފައެވެ. ހަމަ އެހެންމެ، އެ ބައިވެރިންނަށް ހިއްވަރު ދެއްވަވާ ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ވަޒީރު ވަނީ ބައިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވަމުން އަންނަ އެކި މުބާރާތްތަކުގައި ދިވެހިރާއްޖޭގެ އެކި އުމުރުފުރާގެ ދަރިވަރުން ބައިވެރިވެ އަންނަނީ ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން