Ads by Stelco

ޚަބަރު

ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި

ރާއްޖެއަށް އައި ކްރޫސްލައިނަރ އެއް/ފޮޓޯ: އިމިގްރޭޝަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 އޯގަސްޓު 2025، 02:47

04 އޯގަސްޓު 2025، 02:47

ޒަމާނީ ޓެކްނޮލޮޖީއާއެކު ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޜަނުން ޤާއިމުކޮށްފިއެވެ.

ސީޕޯޓު ޑިވިޜަނުން ވަނީ، ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި އިންތިޒާމުގެ ދަށުން މާލެ ޕޯޓު ސަރަޙައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަޙައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެއްކަން އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، އަލަށް ޤާއިމްކުރެވުނު މި ނިޒާމުގެ ދަށުން ސީޕޯޓު ޑިވިޜަނުގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ކުރިއާއި ޚިލާފަށް މިހާރު ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އީޓީއޭ ލިބުމުގެ ސަބަބުން ބޯޓުފަހަރަށް އޮފިސަރުން ދިޔުމަށް ވާންޖެހޭ ތައްޔާރީތައް ފަސޭހަކަމާއެކު ކުރިއަށްދާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި ނިޒާމަކީ އިމިގްރޭޝަނުގެ ކެޕޭސިޓީ ފުޅާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޜަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން