Ads by Stelco

ޚަބަރު

ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ހިއްކާ ބިމުގެ %85 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ހިއްކާ ބިމުގެ %85 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބިން ހިއްކުން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 އޯގަސްޓު 2025، 12:44

04 އޯގަސްޓު 2025، 12:44

ފ.ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހިއްކާ ބިމުގެ %85 މަސައްކަތް ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެގޮތުން، ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ 45.6 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، ބިން ހިއްކުމުގެ މަޝްރޫޢު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރަމުންދާއިރު، މިހާތަނަށް މި މަޝްރޫޢުގެ %85 މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ބިން ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށް 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރާ އެއަރޕޯޓެކެވެ. ހަމަ އެހެންމެ، މި އެއަރޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން