ޚަބަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެފްއައިޔޫގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި

އިސްމާއިލް ސާޖިދު--
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފިއެވެ.
އިސްމާއިލް ސާޖިދަކީ މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓު، އެފްއައިޔޫއަކީ މާލީ ފްރޯޑްތައް ބަލަން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި އޮންނަ ފައިނޭންޝަން އިންޓެލިޖެންޓް ޔުނިޓެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ވިދާޅުވީ، މިއީ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ބަދަލެއްކަމަށެވެ.
އެފްއައިޔޫގެ ހެޑްގެ މަޤާމުގައި ކުރިން ހުރީ އަލްއުސްތާޛް އަބްދުالله އަޝްރަފް އެވެ. އޭނާ ވަނީ 31 ޖުލައި ގައި ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައެވެ.