ދުނިޔެ

ނިއުޒީލެންޑްގައި ލަގެޖެއްގެ ތެރެއިން ދެ އަހަރުގެ ކުއްޖަކު ފެނި، އަންހެނަކު ހައްޔަރުކޮށްފި

ނިއުޒީލެންޑްގައި ލަގެޖެއްގެ ތެރެއިން ދެ އަހަރުގެ ކުއްޖަކު ފެނި، އަންހެނަކު ހައްޔަރުކޮށްފި

ނިއުޒިލެންޑްގެ ބަހުގެ ހިދުމަތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 06:47

03 އޯގަސްޓު 2025، 06:47

ނިއުޒީލެންޑްގައި ދަތުރުކުރި ބަހެއްގެ ތެރެއިން ދެ އަހަރުގެ ކުއްޖަކު ދަބަހެއްގެ ތެރޭގައި ތާށިވެފައި ވަނިކޮށް ފެނިއްޖެއެވެ. މި މައްސަލައާ ގުޅިގެން 27 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ އާކްލެންޑްގެ 100 ކިލޯމީޓަރު އުތުރުގައި އޮންނަ ކައިވަކާގައި، މިދިޔަ އާދިއްތަ ދުވަހުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ، ބަސް މަޑުކޮށްފައި ހުއްޓައި ބަހުގެ ޑްރައިވަރަށް ބަހުގެ ބަގޭޖް ކޮމްޕާޓްމަންޓްގެ ތެރެއިން ލަގެޖެއްގެ ތެރެއިން ހަރަކާތްކުރާތަން ފެނި، އެކަމާ ކަންބޮޑުވެ އެކަން ބެލުމުގެ ސަބަބުންނެވެ. ބަހުގެ ޑްރައިވަރު ލަޖެޖް ހުޅުވައި ބެލިއިރު، އޭގެ ތެރޭގައި ދެ އަހަރުގެ ކުއްޖަކު ތާށިވެފައި އޮއްވައި ފެނުނެވެ. މި ދަބަސް ބަހުގެ ދަށުގައި ހުންނަ ވަކި ކޮމްޕާޓްމަންޓެއްގައި ބަހައްޓާފައި ހުއްޓެވެ.

ޑިޓެކްޓިވް އިންސްޕެކްޓަރ ސައިމަން ހެރިސަން ވިދާޅުވީ، ކުޑަކުއްޖާ ފެނުނު އިރު ވަރަށް ހޫނުވެފައި ހުރި ނަމަވެސް، ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ކުއްޖާ މިހާރު ހޮސްޕިޓަލުގައި ސިއްހީ އިވެލުއޭޝަނެއް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަންހެން މީހާގެ މައްޗަށް ކުޑަކުއްޖަކަށް އަނިޔާކުރުމާއި އިހުމާލުވުމުގެ ދައުވާ އުފުލާފައިވާ ކަމަށް ހެރިސަން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޑްރައިވަރުގެ މި ހުޝިޔާރު ޢަމަލުގެ ސަބަބުން ވަރަށް ބޮޑު ނުރައްކަލަކުން ކުއްޖާ ސަލާމަތްވި ކަމަށާއި، މި މައްސަލައިގައި އިތުރު ދައުވާތައް ވެސް އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ނިއުޒީލެންޑްގެ ކުޑަކުދިންނާ ބެހޭ ވުޒާރާ ކަމަށްވާ "އޮރަންގާ ތަމަރިކީ" އަށް ވަނީ ދީފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން