Ads by Stelco

ޚަބަރު

ފަރަށް އެރި ދޯންޏެއްގައި ހުރި ބައެއް ސާމާނު އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފަރަށް އެރި ދޯންޏެއްގައި ހުރި ބައެއް ސާމާނު އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެމްއެންޑީއެފް ކޯސްޓުގާޑް/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޯގަސްޓު 2025، 05:03

03 އޯގަސްޓު 2025، 05:03

ފަރަށް އެރި ދޯންޏެއްގައި ހުރި ބައެއް ސާމާނު އޮޔާދާތީ ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް  ޑިފެންސް ފޯސް، އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވަނީ، ވ. ދިއްގިރީގެ 1.4 ނޯޓިކަލް މޭލު އުތުރުން، މުދާ އުފުލާ ދޯންޏެއް ފަރަށްއަރައި، އެ ދޯނީގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެދިފައެވެ.

އެމްއެންޑީއެފުން އިތުރަށް  ވިދާޅުވީ، ފަރަށް އަރާފައިވާ އެ ދޯނީގައި ހުރި ބައެއް ސާމާނު ވ.އަތޮޅު ތެރެއިން ދެކުނަށް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން، ވ. ދިއްގިރި ކަނޑުއޮޅިން ވަދެނުކުމެ އުޅޭ ފަރާތްތަކާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ.

މި ދުވަސްވަރަކީ، މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު މަތީގައި ވެސް އަންނަނީ ތަފާތު އެކި ހާދިސާތައް ހިނގަމުންނެވެ. އެގޮތުން، ނިމިދިޔަ ހަފްތާގެ ތެރޭގައި ވެސް އެކި ވަރުގެ ބޯޓުފަހަރާއި ދޯނި ފަރަށް އެރުމުގެ ސަބަބުން ވަނީ ރިޕޯޓުކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން