Ads by Stelco

ޚަބަރު

ރަސްފަންނުގައި ހުންނަ "ޕޮމެލޯ" ރެސްޓޯރަންޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ރަސްފަންނުގައި ހުންނަ "ޕޮމެލޯ" ރެސްޓޯރަންޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޯގަސްޓު 2025، 02:45

03 އޯގަސްޓު 2025، 02:45

ރަސްފަންނުގައި ހުންނަ "ޕޮމެލޯ" ރެސްޓޯރަންޓުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާފަންނު ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 12:14 ހާއިރު ކަމަށެވެ. ހަމަ އެހެންމެ، މި މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް ރޯވި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. އަދި މި ޙާދިސާގައި ރޯވި "ޕެމޮލޯ" ރެސްޓޯރެންޓަކީ މިހާރު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ރެސްޓޯރެންޓެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

 މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން