ދުނިޔެ

ވަޅުގަނޑަކަށް ވެއްޓި، ޖަޕާނުގައި 4 މީހުން މަރުވެއްޖެ

ވަޅުގަނޑަކަށް ވެއްޓި، ޖަޕާނުގައި 4 މީހުން މަރުވެއްޖެ

ވަޅުގަނޑަށް ވެއްޓުނު މީހުން ސަލާމަތްކުރަނީ. ފޮޓޯ: ކިމިމާސާ މަޔާމާ.

farudhun logo

ފަރުދުން

03 އޯގަސްޓު 2025، 12:38

03 އޯގަސްޓު 2025، 12:38

ޖަޕާނުގެ ޓޯކްޔޯގެ އުތުރުގައިވާ ގްޔޯޑާގައި ހުރި ނަރުދަމާ ހޮޅިތަކެއް ބެލުމަށް ދިޔަ މަސައްކަތްތެރީންގެ ތެރެއިން 4 މީހުން އިއްޔެ މަރުވެފައިވާ ކަމަށް ޖަޕާނުގެ ފުލުސް އިދާރާ އިން ހާމަކޮށްފިއެވެ. އެ 4 މީހުން މަރުވީ، ކާނު ވަޅުގަނޑަކަށް ވެއްޓުމުގެ ސަބަބުންނެވެ.

އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހު އެ ސަރަޙައްދުގެ މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވުމުން، އެދިމާގެ ނަރުދަމާ ހޮޅިތަކުގެ ޙާލަތު ބެލުމަށް ޖަޕާނު ސަރުކާރުން އެންގިއެވެ. މިމަސައްކަތުގައި 10 ވަރަކަށް މީހުން އިއްޔެ ފޮނުވުނު އިރު، އޭގެ ތެރެއިން އެކަކު ވަޅުގަނޑަށް ވެއްޓުމުން، އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އިތުރު 3 މީހަކު ވެސް ވެއްޓުނެވެ. ޖަޕާނުގެ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ވަޅުގަނޑުގެ ފުޅާމިނުގައި 24 އިންޗި، އަދި ފުންމިނުގައި 33 އިންޗި ހުރެއެވެ.

ޖަޕާނުގެ ފަޔަރ ޑީޕާޓްމެންޓް އިން ބުނި ގޮތުގައި، ވިހަކަން ގަދަ ގޭހެއް ކަމުގައި ވާ ހައިޑްރޮޖިން ސަލްފައިޑު އެ ވަޅުގަނޑުން ފެނިފައިވެއެވެ. ވަޅުގަނޑަށް ވެއްޓެން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައި ނުވާ އިރު، ވެއްޓުނު 4 މީހުން ހަސްފަތާލަށް ގެންދިޔުމުން، މަރުވެފައިވާ ކަމަށް ޑަކުތަރުން އެންގިއެވެ. ޖަޕާނުގެ މީޑިޔާ ތަކުން ބުނާ ގޮތުގައި، އެ 4 މީހުންނަކީ ވެސް ޢުމުރުން 50 އަހަރު ފުރިފައިވާ މީހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން