ދުނިޔެ

އިސްރާއީލް ރައްޔިތުން ހުޅަނގު އައްސޭރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ފަލަސްތީނު ރައްޔިތަކު ނިޔާވެއްޖެ

އިސްރާއީލް ރައްޔިތުން ހުޅަނގު އައްސޭރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ފަލަސްތީނު ރައްޔިތަކު ނިޔާވެއްޖެ

ޔަހޫދީން ރޯކޮށްލި ކާރެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2025، 10:14

31 ޖުލައި 2025، 10:14

އިސްރާއީލް ރައްޔިތުން ހުޅަނގު އައްސޭރީގެ ސިލްވާދު ރަށުގައި ވެހިކަލްތަކާއި ގެތަކުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ދުމުގެ އަސަރުކޮށް 40 އަހަރުގެ ފަލަސްތީނު ރައްޔިތެއް ކަމުގައިވާ ހަމީސް އައްޔާދު ނިޔައުވެއްޖެކަމަށް، ފަލަސްޠީނު މިނިސްޓްރީ އޮފް ހެލްތުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

އެ ސަރަޙައްދުން މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، އައްޔާދު ނިޔާވެފައިވަނީ އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާއިން ރިޕޯޓުކުރި ގޮތުގައި، އިޒްރާއިލްގެ ޔަހޫދީން ވަނީ ކިރުބަތު އަބޫ ފަލާހު އަދި ރައްމޫން ފަދަ ކައިރި ރަށްތަކަށްވެސް ހަމަލާދީ، އިތުރު ވެހިކަލްތަކަށް އަލިފާން ރޯކޮށްލާފައެވެ.

އައްޔާދުގެ ގާތްތިމާގެ މީހަކު ބުނެފައިވާ ގޮތުގައި، މެންދަމު 2 ޖެހިއިރު ހޭލެވުނުއިރު ފެނިފައިވަނީ "މުޅި ސަރަޙައްދުގެ ވެހިކަލްތަކުގައި އަލިފާން ރޯވެފައިވާ" މަންޒަރެވެ. އޭނާގެ ބޭބެގެ ކާރުގައި ރޯވެފައިވާ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުން ދަނިކޮށް އައްޔާދު ނިޔާވީކަމަށް އޭނާ ހާމަކުރިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާއެކު، ހުޅަނގު އައްސޭރީގައި އިސްރާއިލްގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ. އަދި އިސްރާއީީލްގެ އަސްކަރިއްޔާގެ ހިމާޔަތުގައި ޔަހޫދީން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެމީހުންގެ މުދަލަށް ގިނަ ހަމަލާތަކެއް ދީފައެވެ.

ޔޫއެންގެ އޮފީސް ފޯރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖެނުއަރީ 1 އިން ޖުލައި 21 އާ ހަމައަށް، ހުޅަނގު އައްސޭރީގައި އިސްރާއީީލް ސިފައިންގެ އަތުން މަދުވެގެން 159 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 2025 ގައި މިހާތަނަށް އިސްރާއިލްެގެ ޔަހޫދީންގެ ފަރާތުން ސަތޭކަ އެތައް ހަމަލާއެއް ވަނީ ދީފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން