ދުނިޔެ

ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން ބަދަލު ދިނުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފި

ނިއުކްލިއަރ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން ބަދަލު ދިނުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފި

އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2025، 07:37

31 ޖުލައި 2025، 07:37

އީރާނުން ނިއުކްލިޔަރ މުއްސަނދި ކުރުމުގެ ކަންކަމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން ބަދަލު ދިނުމަށް އީރާނުން އެމެރިކާއަށް ގޮވާލައިފިއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ، ފާއިތުވި ޖޫން މަހު ހިނގި ހަނގުރާމައިގައި އެ ޤައުމަށް ލިބުނު ގެއްލުންތަކަށް އެމެރިކާއިން ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، "މަޝްވަރާތައް ކުރިއަށްދަނިކޮށް އަހަރުމެންނަށް ހަމަލާދިނީ ކީއްވެގެންކަން އެމެރިކާއިން ސާފުކޮށްދޭންޖެހޭނެ، އަދި އެކަން ތަކުރާރު ނުވާނެކަން ޔަޤީންކޮށްދޭންޖެހޭނެ" ކަމަށެވެ.

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް މަޝްވަރާތައް އަލުން ފެށުމަށް ހުށަހެޅުމާ ގުޅިގެން، އީރާނުގެ ނިއުކްލިއަރ ޗީފް ނެގޯޝިއޭޓަރު އަރަގްޗީ ވިދާޅުވެފައިވަނީ، އިތުބާރު އުފެއްދުމަށް އެމެރިކާއިން އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން މާލީ ބަދަލު ދިނުމާއި، މަޝްވަރާތައް ކުރިއަށްދާއިރު އަލުން ހަމަލާ ނުދޭނެކަމުގެ ޔަޤީންކަން ދިނުން ހިމެނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުގެ ނިއުކްލިއަރ ސައިޓްތައް "ހަލާކުވެފައިވާތީ" މަޝްވަރާތައް ފެށުމަށް އަވަސްވެގަންނަން ނުޖެހޭ ކަމަށެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕިއަން ޓްރޮއިކާއިން އެއްބަސްވުމަކަށް ވާސިލުވުމުގެ ސުންގަޑިއެއްގެ ގޮތުގައި އޯގަސްޓް މަހުގެ ނިޔަލަށް ކަނޑައަޅާފައިވެއެވެ.

ޖޫން މަހު އެމެރިކާއިން ދިން ހަމަލާތަކުގެ ކުރިން އީރާނާއެކު 5 ބުރެއްގެ މަޝްވަރާތައް ބޭއްވިފައިވެއެވެ. އެމެރިކާ އާއި އިސްރާއީލުން ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. ނަމަވެސް އީރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި މަދަނީ ބޭނުންތަކަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން