ދުނިޔެ

ޣައްޒާގެ އަސީރެއްގެ ބައްޕަ އިސްރާއީލްގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

ޣައްޒާގެ އަސީރެއްގެ ބައްޕަ އިސްރާއީލްގެ މައްޗަށް ފިޔަވަޅު  އެޅުމަށް ގޮވާލައިފި

އަސީރުންގެ އާއިލާތަކުން ބޭއްވި އިހްތިޖާޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖުލައި 2025، 05:25

29 ޖުލައި 2025، 05:25

ޣައްޒާގައި ހަމާސްއިން އަސީރެއްގެ ގޮތުގައި ހިފަހައްޓައިފައިވާ އިސްރާއީލީ މީހެއްގެ ބައްޕަ އިސްރާއިލްހެ މައްޗަށް ޔޫރަޕްގެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ތާއީދުކޮށް، އިސްރާއީލަކީ "ބަލިމަޑުކަމުގެ ތެރޭގައިވާ ޤައުމެއް" ކަމަށް ބުނެފިއެވެ. 

އިސްރާއީލްގެ ބްރޯޑްކާސްޓިންގ އޮތޯރިޓީއަށް ދިން އިންޓަވިއުއެއްގައި އަސީރު ނިމްރޯޑް ކޯހެންގެ ބައްޕަ ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންގެ އާއިލާތަކުން އުންމީދު ކުރަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން "ބަލިމަޑުކަމުގެ ތެރޭގައިވާ ޤައުމު" އިސްރާއީލްގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ.

އޭނާ އިތުރަށް ބުނީ "އިސްރާއީލް ސަރުކާރުން ތަމްސީލުކުރާ ބަލި ސިކުނޑިއަށް އަސާސީ ފަރުވާއެއް" ދޭންޖެހޭކަމަށެވެ. މިހެން އޭނާ ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ކުރެވޭ މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން، ކުރިން ޣައްޒާގައި ހައްޔަރުކޮށްފައި ހުރި އިސްރާއީލް ޔައިރް ހޯން އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވި ބުނީ މަޝްވަރާތައް ހުއްޓާލުމަކީ އޭނާގެ އާއިލާއަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެއީ އޭނާގެ އަޚް އަދިވެސް ހުރީ ޣައްޒާގައި ހައްޔަރުކޮށްފައި ކަމަށާއި، އަދި އެއްބަސްވުމަކަށް އައުމަށް އިންތިޒާރު ކުރަމުންދާތީއެވެ.

އިސްރާއީލްގެ ޚިޞާރު ސަބަބުން ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާ ގުޅޭގޮތުން އަސީރު ބުނެފައިވަނީ ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން އޮތްއިރު، ހައްޔަރުކޮށްފައި ތިބި މީހުންނަށްވެސް ކާނާގެ ދަތިކަން ކުރިމަތިވާކަމަށެވެ. 

ހިފެހެއްޓިފައިވާ މީހުންގެ އާއިލާތަކުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިސްރާއީލް ސަރުކާރުން އިންކާރުކުރާ ޙަޤީޤަތް އެނގޭކަމަށެވެ. އެއީ އިސްރާއީލްގެ ރައްޔިތުން ބޭނުންވަނީ ޣައްޒާގެ ހަނގުރާމަ ނިންމާލެވޭނެ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ.

"އިސްތިރާޖީއެއް ނެތި އަބަދީ ހަނގުރާމައެއްގެ ތެރޭގައި ހިފެހެއްޓިފައިވާ މީހުންނާއި ސިފައިންގެ ކަންތައް ޤުރުބާންކުރާ މީހުންނަށް އިސްރާއީލުގެ ރައްޔިތުން މާފެއް ނުކުރާނެ" އަސީރުންގެ އާއިލާތަކުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. 

ހުކުރު ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އަސީރުން އަނބުރާ ގެނައުމަށް އެމެރިކާއާއެކު އެހެން ގޮތްތަކެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ގޮތްތަކަކީ ކޮބައިކަން ހާމަކޮށްފައެއް ނުވެއެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން