Ads by Stelco

ޚަބަރު

ސަރވަރ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޚިދުމަތްތައް ވަނީ ވަގުތީގޮތުން މެދުކެނޑިފަ: ޓްރާންސްޕޯޓް މިނިސްޓްރީ

ސަރވަރ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޚިދުމަތްތައް ވަނީ ވަގުތީގޮތުން މެދުކެނޑިފަ: ޓްރާންސްޕޯޓް މިނިސްޓްރީ

އުމަރު ޒާހިރު ބިލްޑިންގ: ފޮޓޯ- އެޗްޑީސީ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

29 ޖުލައި 2025، 10:44

29 ޖުލައި 2025، 10:44

ސަރވަރ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މިނިސްޓްރީގެ ސަރވަރ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާ ކަމަށާއި، މިވަގުތު ޓެކްނިކަލް ޓީމުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ. އެއާއެކު، މި ދަތި ވަގުތުގައި އާންމު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކަށް މިނިސްޓްރީން ވަނީ މަޢާފަށް އެދިފައެވެ. 




ޓްރާންސްޕޯޓުން ވަނީ ޚިދުމަތްތައް މެދުކެނޑިފައިވާ މައްސަ ވީހާވެސް އަވަހަށް ހައްލުކޮށް، ޚިދުމަތްދޭން ފަށާނެކަމަަށް ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން