ދުނިޔެ

ސަތޭކަ އެތައް ޖާސޫސުންނެއް ހައްޔަރުކޮށް، އެތައް ރޭވުމެއް ނަކާމިޔާބުކޮށްފ:ި އީރާނުގެ އިންޓެލިޖެންސް

ސަތޭކަ އެތައް ޖާސޫސުންނެއް ހައްޔަރުކޮށް، އެތައް ރޭވުމެއް ނަކާމިޔާބުކޮށްފ:ި އީރާނުގެ އިންޓެލިޖެންސް

އީރާނުގެ މަގެއްގެ މަތި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖުލައި 2025، 07:20

28 ޖުލައި 2025، 07:20

އީރާނާއި އިސްރާއިލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ގެ ގޮތުގައި ސިފަކުރި މުއްދަތުގައި، އެ ޤައުމަށް އަމާޒުކޮށް ރޭވި "ފުޅާ އަދި ބޮޑު ރޭވުމެއް" ނަކާމިޔާބު ކުރެވިފައިވާ ކަމަށް އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

 މި ރޭވުމުގެ މަޤްސަދަކީ އެ ގައުމުގެ އެތެރޭގެ ހަމަޖެހުން ގެއްލުވާލައި، އިސްލާމީ ވެރިކަން ވައްޓާލައި، އީރާން ޖިއޮގްރަފިކަލީ ބައިބައިކުރުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޓަސްނިމް އިންޓަނޭޝަނަލް ނިއުސް އޭޖެންސީން ގެނެސްދިން ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ މިއީ ހަމައެކަނި އަސްކަރީ ހަނގުރާމައެއް ނޫން ކަމަށެވެ. މިއީ އަސްކަރީ، އިންޓެލިޖެންސް، ސެކިއުރިޓީ، މީޑިއާ އަދި މައުލޫމާތުގެ އިތުރުން ޓެރަރިޒަމް އަދި ފަސާދައިގެ އޮޕަރޭޝަންތައް ހިމެނޭ ހައިބްރިޑް ހަމަލާއެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި އޮޕަރޭޝަން ހިންގީ އެމެރިކާ ކަމަށާއި، އިސްރޭލާއި ބައެއް ޔޫރަޕިއަން ޤައުމުތަކުގެ އެހީތެރިކަމާއެކު، ބަޣާވާތްތެރި ހަތިޔާރުއެޅި ގްރޫޕްތަކާއި، ޓަކްފީރީ ގްރޫޕްތަކާއި އަދި ވަގު ވިޔަފާރިވެރިންގެ އެހީތެރިކަން ލިބިގެން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި މުއްދަތުގައި 23 ސިޔާސީ އިސް އަދި އަސްކަރީ އިސްވެރިން އަވަހާރަކޮށްލުމުގެ ރޭވުންތަކެއް ނަކާމިޔާބުކުރެވުނު ކަމަށާއި، ކުރީގެ މަސްތަކުގައި ރޭވި 13 އެހެން ރޭވުންވެސް ނަކާމިޔާބުކުރެވުނު ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މީގެ އިތުރުން އިސްރޭލުގެ މޮސާދުގެ ޖާސޫސް ނެޓްވޯކްތަކެއް ނައްތާލައި، އެކި ސަރަހައްދުތަކުން 20 މީހުން ހައްޔަރުކުރެވުނު ކަމަށްވެސް ބުނެފައިވެއެވެ.

އީރާނުގެ ދެކުނު އިރުމަތީ ސަރަހައްދުގެ ބޯޑަރު ކައިރިން 300 ބޭރުގެ ޓެރަރިސްޓުން ތިބި ސިއްރު މަރުކަޒެއް ހޯދައި، އެ މީހުން އެތެރެވުމުގެ މަސައްކަތް މުޅިން ހުއްޓުވާލެވުނު ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި "ޔުނައިޓެޑް ފްރަންޓް އޮފް ބަލޫޗިސްތާން" ގެ ނަމުގައި އިސްރޭލުން ސަތޭކަ އެތައް މަރސަނާރީންނެއް ރެކްރޫޓްކުރަމުންދާ ކަމަށާއި، މި ގްރޫޕްގެ ހަރަކާތްތައް ގާތުން މޮނިޓަރކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން