ދުނިޔެ

ފާއިތުވި 24 ގަޑިއިރުތެރޭވެސް ޣައްޒާއިން 6 މީހަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވި

ފާއިތުވި 24 ގަޑިއިރުތެރޭވެސް ޣައްޒާއިން 6 މީހަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވި

ބަނޑުހައިހޫނު ކަމުގެ ސަބަބުން ހިކިވެ އަނަރޫފަވެފައިވާ ފަލަސްޠީނުގެ ކުޑަކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ޖުލައި 2025، 06:46

28 ޖުލައި 2025، 06:46

ފާއިތުވި 24 ގަޑިއިރުތެރޭވެސް ޣައްޒާއިން 6 މީހަކު ބަނޑުހައިހޫނުކަމުގެ ސަބަބުން ނިޔާވެފައިވާ ކަމަށް އަލް ޝިފާ  ހޮސްޕިޓަލްގެ ޑިރެކްޓަރު ޑރ. މުޙައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވެފައިވަނީ، 24 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހައިހޫނުކަމާއި ކެއުމުގެ ދަތިކަމުގެ ސަބަބުން 6 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭކަމަށް އެނާ ވިދާޅުވެފައިވެއެވެ. 

ޑރ. އަބޫ ސަލްމިއްޔާ މި ހާދިސާ ސިފަކުރެއްވީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި މަރުތަކަކީ އެއްވެސް ކާއެއްޗެއް ނުލިބުމުގެ ސަބަބުން ދިމާވި މަރުތަކެކެވެ. މުޅި ޣައްޒާގައި އެންމެ ދުވަހެއްގެ ތެރޭގައި ޖުމްލަ 14 މީހުން ވަނީ ނިޔާވެފައިވެއެވެ.މީގެ ތެރެއިން 6 މީހުން ނިޔާވެފައިވަނީ ޝިފާ ހޮސްޕިޓަލުގައެވެ.

ނިޔާވެފައިވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި އަދި ޒުވާން ފިރިހެނުން މީހުން ހިމެނެއެވެ. މި މީހުން ހޮސްޕިޓަލަށް ގެނެވުނުއިރު ވަރަށް ނާޒުކު ހާލަތެއްގައި ތިބި ކަމަށާއި، ނަމަވެސް މެޑިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮސްޕިޓަލަށް ދަތިވި ކަމަށް ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވިއެވެ.

އެންމެ ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ޑރ. އަބޫ ސަލްމިއްޔާ ފާހަގަކުރެއްވީ 5 އަހަރުގެ ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މަންމައަށް ކާންދޭނެ އެއްވެސް އެއްޗެއް ނުލިބުމުގެ ސަބަބުން، ގަސްގަހުން ނަގާ ބައެއް ތަކެތި ކާންދިނުމުން، އޭގެ ސަބަބުން ވިހަވެ ކުއްޖާ ނިޔާވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި މިހާތަނަށް ހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި 147 މީހުން މަރުވެފައިވެއެވެ. ނަމަވެސް މިއީ ޙަޤީޤީ އަދަދަށްވުރެ މާ ދަށް އަދަދެކެވެ. އެއީ ގިނަ ބަޔަކު އެމީހުންގެ ޓެންޓުތަކާއި ގެތަކުގައި އަޑުމަޑުން މަރުވަމުންދާތީއެވެ.

ޣައްޒާއަށް ފޯރުކޮށްދެވޭ އެހީގެ މައްސަލައަށްވެސް ޑރ. އަބޫ ސަލްމިއްޔާ ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ފޯރުކޮށްދެވޭ އެހީއަކީ އެކަށީގެންވާ މިންވަރެއް ނޫނެވެ. އަދި ހަމައެކަނި ފުށުގެ އެހީ ލިބުނު ކަމުގައިވިޔަސް، އެއީ ހައިހޫނުކަމާއި ވިޓަމިންގެ މައްސަލަ ހައްލުކުރެވޭނެ އެއްޗެއް ނޫނެވެ.

ޑރ. އަބޫ ސަލްމިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ކުރިއަށް އޮތް ޖީލުތަކަށްވެސް ކުރާނެއެވެ. ޚާއްޞަކޮށް ކުޑަކުދިންގެ ހަށިގަނޑުގެ ބޮޑުވުމާއި، ސިކުނޑީގެ ދުޅަހެޔޮކަމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން